އަރަބިއްޔާ ސްކޫލް އިމާރާތުގެ ހާލަތާމެދު ޑރ. ޝަހީމް ކަންބޮޑުވުން ފާޅުކުރައްވައިފި

ޚަބަރު ފަހުގެ

އަރަބިއްޔާ ސްކޫލްގެ އިމާރާތުގެ ހާލަތާމެދު ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

އަރަބިއްޔާ ސްކޫލްގެ އިމާރާތުގެ އެކި ތަންތަނުގައި ލާފައިވާ ރެނދުތަކުގެ ފޮޓޯތަކަކާ އެކު ކުރައްވާފައިވާ ޓްވީޓެއްގައި ޑރ. ޝަހީމް ވިދާޅުވެފައިވަނީ، އަރަބިއްޔާ ސްކޫލުގެ އިމާރާތަށް ދިމާވެފައިވާ ހާލަތާމެދު ކަންބޮޑުވުން ފާޅުކުރައްވާކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

މި ޓްވީޓްގައި ޑރ. ޝަހީމް ވަނީ ވީ އެންމެ އަވަސް ފުރުސަތެއްގައި ދަރިވަރުން އަމާން މާހައުލަކަށް ބަދަލުކުރުމަށް ގޮވާލައްވާފައެވެ.

އަދި އަރަބިއްޔާއަށް އާ އިމާރާތެއް އެޅުމަށް ބަޖެޓްގައި ހިމެނުމަށްވެސް ޑރ. ޝަހީމް ގޮވާލައްވާފައިވެއެވެ.

އަރަބިއްޔާ ސްކޫލުގެ އިމާރާތުގެ ތަނބުތަކާއި ފާރުތަލުގައި ރެނދުލައި ބައެއް ސަރަހައްދުތަކުގައި ޖަހާފައިވާ މުށިތައް ތަޅައިގެން ގޮސް އެކަމުގެ ކަންބޮޑުވުން ބެލެނިވެރިން ފާޅުކޮށްފައިވާއިރު، އެޑިއުކޭޝަން މިނިސްޓްރީން ވަނީ އެ ސްކޫލްގެ އިންސްޕެކްޝަނެއް ހަދާފައެވެ.

އެ އިންސްޕެކްޝަނުން ދައްކާގޮތުގައި ކުރިއަށް އޮތް 3 އަހަރާއި 5 އަހަރުގެ ތެރޭގައި އެ ސްކޫލުގެ އިމާރާތް ބޭނުން ނުކުރެވޭވަރަށް އިމާރާތުގެ ހާލަތު ދާނެއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ