ހއ. ފިއްލަދޫ ކައުންސިލުން ހަނިމާދޫ ކައުންސިލްއާ ބައްދަލު ކޮށްފި

ހަނިމާދޫ ޚަބަރު ފަހުގެ

ހއ. ފިއްލަދޫ ކައުންސިލުން ހަނިމާދޫ ކައުންސިލްއާ ބައްދަލު ކޮށްފިއެވެ. ރޭ ހަނިމާދޫ ކައުންސިލް ޖަލުސާ ކުރާ ހޯލުގައި ކުރިއަށްދިޔަ މިބައްދަލުވުމުގައި ހަނިމާދޫ ކައުންސިލްގެ ހުރިހާ މެންބަރުން ބައިވެރި ވެފައިވެއެވެ.

ފިއްލަދޫ ކައުންސިލްގެ ފަރާތުން ބައިވެރިވެލެއްވީ ނައިބް ރައީސް މުޙައްމަދު ރަޒީފް، ކައުންސިލްގެ މެމްބަރ މުހައްމަދު މޫސާއާއި އިދާރީ މުވައްޒަފެކެވެ. އަދި ފިއްލަދޫ ސިއްހީ މަރުކަޒުގެ އިސްވެރިޔާ އަނަސް މޫސާ އާއި ޔޫތު އެސޯސިއޭޓް އަބްދުالله ނާސިފްއެވެ.

އިޝްތިހާރު
އިޝްތިހާރު

މި ބައްދަލު ކުރުމާ ބެހޭގޮތުން ގޮށްކޮޅަށް މައުލޫމާތު ހިއްސާކުރައްވަމުން ހަނިމާދޫ ކައުންސިލްގެ ސެކެރެޓަރީ ޖެނެރަލް މުޙައްމަދު އާސިފް ވިދާޅުވީ މައިގަނޑު ގޮތެއްގައި ދެފަރާތުން ވާހަކަ ދެއްކެވީ ދެ ކައުންސިލްގެ މެދުގައި ގުޅުން ބަދަހި ކުރުމާއި މެދުކަމަށާ އެކުގައި ގުޅިގެން ކުރެވިދާނެ ކަންތަކާމެދު ކަމަށެވެ.

މީގެ އިތުރުން ހަނިމާދޫގެ ލޭންޑް ޔޫސް ޕްލޭން އެކުލަވާލުމަށް މިހާރު ކުރިއަށް ދާ މަސައްކަތުގެ މައުލޫމާތު އޮޅުން ފިލުވާ ލޭންޑް ޔޫސް ޕްލޭންއަށް އަދި ތަރައްޤީގެ ޕްލޭންއަށް އެބޭފުޅުން ވަނީ ހިޔާލު ހުށަހެޅުއްވިކަމަށްވެސް އާސިފް ވިދާޅުވިއެވެ.

މިއީ ކައުންސިލްގެ 4 ވަނަ ދައުރުގާ ހދ އަތޮޅުން ބޭރު ރަށެއްގެ ކައުންސިލަކާ އެކު ހަނިމާދޫ ކައުންސިލުން ބޭއްވި ފުރަތަމަ ބައްދަލުވުމެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ