ރައީސް ޔާމީން މިނިވަންވުމުގެ އުފަލުގައި ހަނިމާދޫގައި ހާއްސަ ހަފްލާއެއް ބާއްވައިފި

ޚަބަރު ފަހުގެ ސިޔާސީ

އިދިކޮޅު ލީޑަރު ރައީސް ޔާމީންއަށް ކޮށްފައިވާ ޖަލު ހުކުމް ސްޕްރީމް ކޯޓުން ބާތިލު ކުރުމުން އެކަމުގެ އުފަލުގައި ހަނިމާދޫގެ ޕީޕީއެމް/ ޕީއެންސީ ކޯލިޝަން އަދި ރައީސް ޔާމީނަށް ތާއީދުކުރާ ފަރާތްތަކުން ހަނިމާދޫގައި އުފާ ފާޅުކުރުމުގެ ހަފްލާއެއް ބާއްވައިފިއެވެ.

މި ހަފްލާއަށް ހަނިމާދޫގައި ދިރިއުޅޭ ހުރިހާ ފަރާތްތަކަށް ވަނީ ދައުވަތު ދީފައެވެ. މި ހަފްލާގައި ކެއުމަކަށް އިންސާފު ކުރުމުގެ އިތުރުން ރައްޔިތުންގެ ޝުއޫރު ފާޅުކުރުން ކުރިއަށް ގެންގޮސްފައި ވެއެވެ.

އިޝްތިހާރު
އިޝްތިހާރު

މީގެ އިތުރުން ހަފްލާގެ ހާޒިރީން ހަނިމާދޫގެ ދުވަސްވީ އިސް ރަށްވެހިންނަށާއި އެކި އެކި ފަރާތަތްކަށް ސަދަގާތް ކުރުންފަދަ ކަންކަން ކޮށްފައިވެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ