ހަނިމާދޫ މަސްމާރުކޭޓު މަރާމާތުކޮށް ނިންމާ ކައުންސިލާ ހަވާލުކޮށްފި

ހަނިމާދޫ ޚަބަރު ފަހުގެ

ހަނިމާދޫ މަސްމާރުކޭޓު މަރާމާތުކޮށް ނިންމާ މިއަދު ހަނިމާދޫ ކައުންސިލާ ހަވާލުކޮށްފިއެވެ.

ހަނިމާދޫ ކައުންސިލްގެބބަޖެޓުން 244595 ރުފިޔާ ހަރަދުކުރި މި މަރާމަތުގެ މަސައްކަތް ކޮށްފައިވަނީ ބީތްރީ ކޮންސްޓްރަކްޝަން ކޮމްޕެނީގެ ފަރާތުންނެވެ.

އިޝްތިހާރު
އިޝްތިހާރު

މަސްމާރުކޭޓްގައި ކުރެވުނު ބައެއް މަރާމާތު ތަކުގެ މައުލޫމާތު ހިއްސާކުރަމުން ބީތްރީ ކޮންސްޓްރަކްޝަން ކޮމްޕެނީ މެންޑީ އިދުރީސް އަބުދު ﷲ ވިދާޅުވީ އިމާރާތުގެ ހުޅަނގު ފަރާތާ އުތުރު ފަރާތުގައި ފިކްސް ގުލާސް ހަރުކުރުމާ، މަސްކަނޑާ 6 އަށި ތަޔާރުކޮށް އެޔަށް ރީތިފެން އަދި ލޮނުފެން ލިބޭނެ އިންތިޒާމް ހަމަޖެހިފައި ހުންނާނެކަމަށެވެ. މީގެ އިތުރުން މުށި ބަދަލުކުރުމާ ކުރިން އެތާހުރި މަސް ބަހައްޓަން ތައްޔާރު ކޮށްފައިވާ އައްޓަށް ފެންލިބޭގޮތާއި، ފެން ވަރާނެ ފެންމުޑިޔެއް ހަރުކުރެވުނު ކަމަށާއި ތަނުގެ ލައިޓްތައް ވޯޓާޕުރޫފް ލެޑް މާކަރީއަށް ބަދަލުކޮށް ފާހާނާ މަރާމާތުކުރުމުގެ އިތުރުން މުޅި މަސްމަރުކޭޓުގައި ކުލަ ލެވިފައި ވާނެކަމަށް އިދުރީސް ވިދާޅުވިއެވެ.

މަސްމާރުކޭޓްގެ މަރާމާތް ނިންމާ މިއަދު ހަވާލު ކުރިނަމަވެސް އެތަން އާންމުންނަށް ބޭނުން ކުރެވޭހެން ހުޅުވާލަން ހަމަ ޖެހިފައިވަނީ މި އަހަރުގެ މަސްވެރިންގެ ދުވަހު ކަމުގައި ހަނިމާދޫ ކައުންސިލުން މައުލޫމާތު ދެއެވެ.

ބީތްރީ ކޮންޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް އަކީ 07 އޮކްޓޯބަރ 2008 ވަނަ އަހަރު ރަޖިސްޓަރީ ކުރެވި ހަނިމާދޫގައި ގެދޮރު އިމާރާތް ކުރުމުގެ ދާއިރާގައި ފުޅާދާއިރާއެއްގައި މަސައްކަތް ކުރަމުންދާ ކުންފުންޏެކެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ