ހުޅުމީދޫ އަދި ފޭދޫއާ ދެމެދު ސައިކަލް ފެރީގެ ހިދުމަތް ފަށައިފި

ޚަބަރު ފަހުގެ

އެމްޓީސީސީން، އައްޑޫ ސިޓީގެ ހުޅުމީދޫއާއި ފޭދޫއާ ދެމެދު ސައިކަލް ފެރީގެ ހިދުމަތް ފަށައިފި އެވެ.

އެމްޓީސީސީން ބުނީ، މިއަދު ތައާރަފު ކުރި ހިދުމަތުގައި ބޭނުންކުރާ ސައިކަލް ފެރީގައި 15 ސައިކަލުގެ ޖާގައިގެ އިތުރުން 60 ފަސިންޖަރުން އުފުލޭނެ ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

އަދި ދިޔަވަރަށް އަންނަ ބަދަލުތަކާއެކުވެސް ސައިކަލުތައް ފެރީއަށް އެރުވުމަށްޓަކައި އެކަމަށް ހާއްސަ ލިފްޓެއް ފޭދޫ އަދި ހުޅުމީދޫގައި ބަހައްޓާފައި ހުންނާނެ ކަމަށް ބުންޏެވެ.

ސައިކަލު ފެރީގެ ހިދުމަތަށް އެމްޓީސީސީން ނަގަން ނިންމާފައި ވަނީ 20 ރުފިޔާ އެވެ.

އެމްޓީސީސީން ބުނީ، ކޮންމެ ހަފުތާއެއްގެ ހުކުރު ދުވަސް ފިޔަވާ ހުރިހާ ދުވަހެއްގައި ސައިކަލު ފެރީގެ ހިދުމަތް ފޯރުކޮށްދޭނެ ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ