ހަނިމާދޫން އިތުރު 5 މީހުން ޕޮޒިޓިވް ވީ އިރު މިރޭ ރެންޑަމް ސާމްޕަލް ނަގަނީ

ހަނިމާދޫ ޚަބަރު ފަހުގެ

ހަނިމާދޫން އިތުރު 5 މީހުން ޕޮޒިޓިވް ވީ އިރު މިރޭ ރެންޑަމް ސާމްޕަލް ނަގަން ހަނިމާދޫ ސިއްހީ މަރުކަޒުން ނިންމައިފިއެވެ.

ހަނިމާދޫ ސިއްހީ މަރުކަޒުން ހާމަކޮށްފައި ވާގޮތުން 11 ޑިސެމްބަރ 2021 ގައި ނެގުނު 73 ސާމްޕަލް ގެ ތެރެއިން 5 ސާމްޕަލް ވަނީ ކޮވިޑް 19 އަށް ޕޮޒިޓިވް ވެފައެވެ. އެޔާއެކު ހަނިމާދޫގައި ކޮވިޑް ޖެހިފައި ތިބި މީހުންގެ އަދަދު 45 އަށް އެރިއެވެ.

އިޝްތިހާރު
އިޝްތިހާރު

މީގެ އިތުރުން ހަނިމާދޫ ސިއްހީ މަރުކަޒުން ބުނީ ރަށުގައި ކޮވިޑް ގެ ހާލަތު ދެނެގަތުމަށް ރެންޑަމް ސާމްޕަލް ނެގުން މިރޭ 19:00 އިން 21:00 އަށް އެ މަރުކަޒުގެ ރަސްމީ ގޭޓް ކުރިމަތީގައި ކުރިއަށްދާނެކަމަށާއި ރެންޑަމް ސާމްޕަލް ދެއްވަން ބޭނުންފުޅުވާ ބޭފުޅުން ކަނޑައެޅިފައިވާ ވަގުތުގައި ދުރުވެ ސާމްޕަލް ދެއްވުން އެދޭ ކަމަށެވެ. އަދި މިކަމުގައި ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ލިބިގެންދާނެކަމަށް އުންމީދު ކުރާކަމަށެވެ.

އެޗްޕީއޭއިން މިއަދު ވަނީ ހަނިމާދޫ މޮނީޓަރިންއަށް ލާފައެވެ. ހަނިމާދޫން މިފަހަރު ކޮވިޑް 19ގެ ކޭހެއް ފެނިފައި ވަނީ މިމަހުގެ 6 ވަނަ ދުވަހުއެވެ. އޭގެފަހުން ކޮންމެ ދުވަހަކު ދަނީ ކޮވިޑް ކޭސްތައް ހަނިމާދޫން ފެންނަމުންނެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ