ކޮމަންޑޫ ދާއިރާގެ މެމްބަރު ހުސެއިން ވަހީދު އަވަހާރަވެއްޖެ

ފަހުގެ ސިޔާސީ

ރައްޔިތުން މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ މެމްބަރު ހުސެއިން ވަހީދު އަވަހާރަވެއްޖެއެވެ. ހުސެއިން އަވަހާރަވެފައިވަނީ ރޭގެ ވަގުތެއްގައި އޭޑީކޭ ހޮސްޕިޓަލްގައެވެ.

ހުސެއިން ވަހީދު ކެންސަރުގެ އާލާސްކަންފުޅުގައި އުޅުއްވާތާ ވަނީ ގިނަ ދުވަސްތަކެއް ވެފައެވެ. އަދި ބައްޔަށް ފަރުވާ ހޯދެއްވުމަށް ރާއްޖެއިން ބޭރުގައިވެސް ގިނަ ދުވަސްތަކެއް ހުސެއިން ވަނީ ހޭދަކުރައްވާފައެވެ.

އިޝްތިހާރު
އިޝްތިހާރު

ބައްޔަށް ފަރުވާ ހޯއްދެއްވުމަށް ރާއްޖެއިން ބޭރުގައި އަހަރެއްހާ ދުވަހު ހުންނެވުމަށްފަހު އަލުން މަޖިލީހުގެ ޖަލްސާތަކުގައި ހުސެއިން ބައިވެރިވެޑައިގެންނަވީ މއަހަރުގެ މާރިޗު މަހުގެ 29 ގައެވެ. އެދުބަހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ހުސެއިން ވަނީ އާލަސްކަންފުޅާއި އުޅުއްވިއިރު ގިނަ ބައެއްގެ ހެޔޮ ދުޢާއާއި މެސެޖު ލިބުނުކަން ފާހަގަކުރައްވާ އެކަމަށް ޝުކުރު އަދާކުރައްވާފައެވެ. އަދި އަނެއްކާވެސް އެނބުރި އައިސް ރައްޔިތުންނާއި މުޚާތަބްކޮށް ވާހަދެއްކޭތީ އެކަމަށް ﷲއަށް ޝުކުރު ކުރާކަމެއްކަމަށް ހުސެއިން ވިދާޅުވިއެވެ.

17 ވަނަ ރައްޔިތުން މަޖިލީހުގައިވެސް ކޮމްނަޑޫ ދައިރާ ތަމްސީލުކުރެއްވި މެމްބަރަކީ ހުސެއިން ވަހީދެވެ. އޭގެ ފަހުން އެއް ދައުރުގެ މެދު ކެނޑުމަކަށްފަހު އަނެއްކާވެސް ކޮމަންޑޫ ދައިރާގެ ގޮނޑި ހުސެއިން ކާމިޔާބުކުރެއްވިއެވެ.

ހުސެއިން ވަހީދުގެ އަނބިކަނބަލުންގެ އިތުރުން ފިރިހެން ބޭފުޅަކާއި އަންހެން ދެ ބޭފުޅުން ދުނިޔޭގައި އެބަ ތިއްބެވިއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ