އެމްޕީއެލްގެ ޗެއާމަންގެ މަގާމަށް ސެންކޯ ޝަރީފް

ޚަބަރު ފަހުގެ

މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ޗެއާމަންގެ މަގާމަށް، ކެޕްޓަން މުހައްމަދު ޝަރީފް (ސެންކޯ ޝަރީފް)، ހަމަޖައްސައިފިއެވެ.

ސެންކޯ ޝަރީފް މި މަގާމަށް ހަމަޖައްސާފައި މިވަނީ، އެމްޕީއޭލްގެ ޗެއާމަންގެ މަގާމު ހުސްވެފައި އޮންނަތާ އަހަރަކަށް ވުރެ ގިނަދުވަސް ފަހުންނެވެ. އެމަގާމުގައި މީގެ ކުރިން ހުންނެވީ، އަހުމަދު ޒަކީ، (ނަޒާކީ ޒަކީ) އެވެ.

އިޝްތިހާރު
އިޝްތިހާރު

ސެކްނޯ ވަނީ 1986 ވަނަ އަހަރުން ފެށިގެން ބޯޓު ދަތުރުކުރުމުގެ ދާއިރާގައި ހަރަކާތްތެރިވެފައެވެ. އަދި 2008 ވަނަ އަހަރު މޯލްޑިވްސް ނެޝަނަލް ޝިޕިން ލިމިޓެޑް (އެމްއެންއެސްއެލް)ގެ ޗެއާމަންކަންވެސް ކުރެއްވިއެވެ.

ޝަރީފް ވަނީ ރައްޔިތުންގެ މަޖިލިހުގެ މެމްބަރު ކަން 2005 ވަނަ އަހަރުން ފެށިގެން 2011 ވަނަ އަހަރުގެ ނިޔަލަށް ކުރައްވައިފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ