ބަންގްލަދޭޝްއިން ރާއްޖެއަށް އަސްކަރީ އުޅަނދުތަކެއް ހަދިޔާކުރަނީ

ޚަބަރު ފަހުގެ

ބަންގަލްދޭޝްގެ ބޮޑުވަޒީރު ޝޭހް ހަސީނާ ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގައި އެ ގައުމުން ރާއްޖެއަށް 13 އަސްކަރީ އުޅަނދު ހަދިޔާކުރަން ހަމަޖެހިއްޖެއެވެ.

ބަންގްލަދޭޝުން ވަނީ މީގެ ކުރިންވެސް ރާއްޖޭގެ އަސްކަރިއްޔާއަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދީފައެވެ. މިއީ ދެ ޤައުމުގެ ރަހުމަތްތެރިކަމުގެ ރަމްޒެއްގެ ގޮތުން ހަދިޔާކުރާ އުޅަނދުތަކެކެވެ.

އިޝްތިހާރު
އިޝްތިހާރު

މި އުޅަނދުތައް ހަދިޔާ ކުރާކަން ހާމަ ކުރީ އެ ގައުމުގެ ފޮރިން މިނިސްޓްރީންނެވެ.

ބަންގްލަދޭޝްގެ ބޮޑުވަޒީރުގެ މި ދަތުރުފުޅުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާ ބައްދަލުކުރައްވައި ރަސްމީ ވާހަކަފުޅުތައް ބޭއްވެވުމަށް ވަނީ ހަމަޖެހިފައެވެ. މި ވާހަކަފުޅުތަކުގައި، ދެ ޤައުމުގެ ދެމެދުގައި އެކި ދާއިރާތަކުން އިތުރަށް ގުޅުން ބަދަހި ކުރެއްވުމާއި ބެހޭގޮތުން މަޝްވަރާކުރައްވާނެ ކަމަށް ރައީސް އޮފީހުން މައުލޫމާތުދެއްވައެވެ.

މިގޮތުން ދެ ޤައުމުގެ ދެމެދު އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ ގޮތުން ފަހުމުނާމާތަކެއްގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ. މި އެއްބަސްވުންތަކާއެކު ދެ ޤައުމުގެ މެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަވެ ހަރަދަނާވެގެންދާނެއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ