ކުޅުދުއްފުށިން އިތުރު 6 މީހެއް ކޮވިޑް 19އަށް ޕޮޒިޓިވްވެއްޖެ

ޚަބަރު ފަހުގެ

ކުޅުދުއްފުށި ސިޓީން އިތުރު 6 މީހެއް ކޮވިޑް-19 އަށް ޕޮޒިޓިވްވެ، ޖުމްލަ އަދަދު 8 އަށް އަރައިފި އެވެ.

ޕޮޒިޓިވްވެފައިވަނީ އިއްޔެގެ ޕޮޒިޓިވް ކޭސްގެ ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ފާހަގަ ކުރެވިފައިވާ 3 މީހަކާއި މިއަދު ސީކުއިން ބޯޓް މާލެއިން އައުމުން އެ ބޯޓުގެ މުވައްޒަފުން ޓެސްޓް ކުރުމުން އެ ތަނުން 3 މީހެކެވެ.

އިޝްތިހާރު
އިޝްތިހާރު

އިއްޔެ ކުޅުދުއްފުށިން ޕޮޒިޓިވްވެފައިވަނީ މާލެއިން އައިސް ބަލީގެ އަލާމަތް ހުރުމުން ޓެސްޓްކުރި އުމުރުން 28 އަހަރުގެ ފިރިހެނެކެވެ. އޭނާގެ އެއްވެސް ކޮންޓެކްޓެއް ނެތްކަމަށާއި ރަށަށް އައުމަށްފަހު އޭނާ ވަނީ ކަރަންޓީން ވެފަކަމަށެވެ. އިއްޔެ ދެވަނައަށް ޕޮޒިޓިވްވެފައިވަނީ ކުޅުދުއްފުށީގައި ހުންނަ އޭޑީކޭ ކޯލް ސެންޓަރުގައި މަސައްކަތްކުރާ 30 އަހަރުގެ އަންހެނެކެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ