ތިން ސްކޫލެއްގައި ކްލާސް ރޫމް އަޅަން ހަވާލުކޮށްފި

ޚަބަރު ފަހުގެ

ތިން ސްކޫލެއްގައި ކްލާސް ރޫމް އެޅުމަށް އެޑިޔުކޭޝަން މިނިިސްޓްރީން ކުންފުނިތަކާއި ހަވާލު ކޮށްފިއެވެ.

ކްލާސްރޫމްތައް އަޅަން ހަމަޖެހިފައިވާ ސްކޫލްތަކަކީ، ހދ. ކުމުންދޫ ސްކޫލް، ނ. މަނަދޫގައި ހުންނަ ނ. އަތޮޅު މަދަރުސާ އަދި، ށ. ފުނަދޫ ސްކޫލްގައި އެވެ.

އިޝްތިހާރު
އިޝްތިހާރު

އެޑިޔުކޭޝަން މިނިސްޓްރީ އިން ވިދާޅުވީ ކުމުންދޫ ސްކޫލްގައި 12 ކްލާސްރޫމް އެޅުމަށް ވޭވް ލެންތް ޕްރައިވެޓް ލިމިޓެޑާއި ހަވާލު ކޮށްފައިވާ ކަމުގައެވެ. އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކުރި މި މަޝްރޫއުގެ އަގަކީ 12.6 މިލިއަން ރުފިޔާ އެވެ.

މިއެއްބަސްވުމު ގައި އެޑިޔުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ، ސްޓޭޓް މިނިސްޓަރ އަހްމަދުު ރިޔާޒް އެވެ. ވޭވް ލެންތް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އިސްމާއިލް ޖަލީލް އެވެ.

އެ މިނިސްޓްރީން ވިދާޅުވީ، ށ. ފުނަދޫ ސްކޫލްގެ 15 ކްލާސް ރޫމް އެޅުމަށް މިއަދު ސްވިފްޓް އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފައިވާ ކަމުގައެވެ. މި މަޝްރޫއުގެ އަގަކީ 15.3 މިލިއަން ރުފިޔާ އެވެ. މިއީ 360 ދުވަހުގެ ތެރޭގައި ނިންމަން ހަވާލު ކުރެވުނު މަސައްކަތެކެވެ.

މިއެއްބަސްވުމު ގައި އެޑިޔުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ، ސްޓޭޓް މިނިސްޓަރ އަހްމަދުު ރިޔާޒް އެވެ. ސްވިފްޓް އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރ މުހައްމަދު ޒުބައިރެވެ.

އެޑިޔުކޭޝަން މިނިސްޓްރީ އިން ވިދާޅުވީ ނ. އަތޮޅު މަދަރުސާގައި ތިން ބުރީގެ އިމާރާތެއް އެޅުމަށް މިއަދު މިމްސް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފައިވާ ކަމަށެވެ. މި މަޝްރޫއުގެ އަގަކީ 15.3 މިލިއަން ރުފިޔާ އެވެ. މިއީ 360 ދުވަސް ތެރޭގައި ނިންމައި ހިންގުމަށް ހަވާލު ކުރެވުނު މަޝްރޫއެކެވެ.

ހަވާލުކުރި މި މަޝްރޫއުގެ އަގަކީ 12.6 މިލިއަން ރުފިޔާ އެވެ. މިއެއްބަސްވުމު ގައި އެޑިޔުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ، ސްޓޭޓް މިނިސްޓަރ އަހްމަދުު ރިޔާޒް އެވެ. މިމްސް ކޮންސްޓަރަކްޝަން ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރ އޮފް އޮޕަރޭޝަން ޔާސީން ނައީމް އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ