ފޯރިގަދަ ފުނަދޫ ކައުންސިލް ކަޕް 2021 ފުޓްސަލް މުބާރާތުގެ ސެމީ ފައިނަލް މާދަމާ ރޭ

ކުޅިވަރު ފަހުގެ

ޑިސެމްބަރ 20 ވަނަ ދުވަހު ފެށި ފުނަދޫ ކައުންސިލް ކަޕް (އިންޓަރ އޮފީސް ފުޓްސަލް މުބާރާތް 2021) ގެ ސެމީ ފައިނަލްގެ މެޗްތައް މާދަމާ ރެއަށް ތާވަލުކޮށްފިއެވެ. މިއީ ފުނަދޫ ކައުންސިލްގެ ފަރާތުން 2012 ވަނަ އަހަރުން ފެށިގެން އިންތިޒާމްކޮށްގެން ބާއްވަމުން އަންނަ މުބާރާތެކެވެ.

މިފަހަރު ފިރިހެން ޑިވިޝަންގެ އަށް ޓީމް ވާދަކުރިއިރު ގުރުޕޫ އޭގެ އެއްވަނައިގެ ގޮތުގައި ސެމީއަށް ދަތުރުކުރީ ހޮސްޕިޓަލް އެވެ. އަދި ދެވަނައިގައި އޮތީ ފެނަކައެވެ.

އިޝްތިހާރު
އިޝްތިހާރު

ގުރޫޕް ބީގެ އެއްވަނަގައި ގޮތުގައި ސެމީއަށް ދަތުރުކުރީ ކައުންސިލްއެވެ. ދެވަނަ ޓީމެއްގެ ގޮތުގައި ސެމީއަށް ދަތުރު ކުރީ ޕޮލިސްއެވެ.

ސެމީގައި ހޮސްޕިޓަލް ވާދަކުރަން ޖެހޭނީ ޕޮލިސް ޓީމާއެވެ. އަދި ފެނަކަ ވާދަކުރަން ޖެހޭނީ ކައުންސިލް ޓީމާއެވެ.

އަންހެން ޑިވިޝަންގެ ހަތަރު ޓީމް ވާދަކުރިއިރު ޕޮއިޓް ތާވަލުގެ އެއްވަނައިގައި އޮވެގެން ފައިނަލަށް ދަތުރުކޮށްފައި ވަނީ ހޮސްޕިޓަލް އެވެ. އަދި ދެވަނައިގައި އޮވެގެން ފައިނަލަށް ދަތުރުކުރީ ކައުންސިލްއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ