ރަސްމާދޫ ބަނދަރުގެ މަސައްކަތް ފަށަން ތައްޔާރުވެއްޖެ

ޚަބަރު ފަހުގެ

ރ. ރަސްމާދޫ ބަނދަރުގެެ މަސައްކަތް ފަށަން ތައްޔާރުވެއްޖެ އެވެ. ރަސްމާދޫ ބަނދަރު ތަރައްގީކުރަން ހަވާލުކޮށްފައި ވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ އެވެ.

އެމްޓީސީސީ އިން ބުނީ ރަސްމާދޫ ބަނދަރުގެ މަސައްކަތް ކުރުމަށް ބޭނުންވާ ސާމާނު އެރަށަށް ގެންގޮސް މޮބިލައިޒް ވެފައިވާ ކަމަށެވެ. އަދި ޕްރޮޖެކްޓުގެ އީއައިއޭ ރިޕޯޓަށް ހުއްދަ ލިބުނީ ޖުލައި 16 ގައި ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

އެމްޓީސީސީއާ އެ މަޝްރޫއު ހަވާލުކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހު އެވެ.

ގާތްގަނޑަކަށް 19 މިލިއަން ރުފިޔާއަށް އެ މަޝްރޫއު ހަވާލުކޮށްފައި ވަނީ 365 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ.

އެ މަޝްރޫއުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މަސައްކަތްތަކުގެ ތެރޭގައި، ބޮޑު ހިލަ ބޭނުންކޮށްގެން 377 މީޓަރުގެ ބޭރު ތޮށި ހެދުމާއި، 10 މޫރިން ބުލޮކް ލުމާއި، ދެ ނެރުބައްތި ހަރުކުރުމާއި، 600 ސްކެއާ މީޓަރުގެ ޕޭވްމަންޓެއް ހެދުމާއި، 8500 ކިއުބިކް މީޓަރަށް ބަނދަރު ފުންކުރުމާއި އަދި 500 ކިއުބިކް މީޓަރު ނެރު ފުންކުރުން ހިމެނެ އެވެ

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ