ރައީސް، މާދަމާ ނ.އަތޮޅަށް ވަޑައިގަންނަވަނީ

ޚަބަރު ފަހުގެ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މާދަމާ ނ.އަތޮޅުގެ ބައެއް ރަށްތަކަށް ދަތުރުފުޅެއް ފެއްޓެވުމަށް ނިންމަވައިފި އެވެ.

ރައީސް މާދަމާ ފައްޓަވާ ދަތުރުފުޅުގައި ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ލަންދޫ، މަނަދޫ، މަގޫދޫ، ހޮޅުދޫ އަދި މާފަރަށެވެ.

އިޝްތިހާރު
އިޝްތިހާރު

މި ދަތުރުފުޅުގައި ނ.އަތޮޅު ކައުންސިލާއި، ރަށު ކައުންސިލްތަކާއި އަދި އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިތުރުން އެ ރަށްރަށުގެ ރައްޔިތުންނާއި ވެސް ރައީސް ބައްދަލުކުރައްވާނެ އެވެ.

އާ އަހަރު ފާހަގަކުރެއްވުމަށް ސްރީލަންކާ އަށް ކުރެއްވި ނުރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސްގެ ދެކަނބަލުން ރާއްޖެ ވަޑައިގެންނެވީ އިއްޔެ އެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ