ބާރަށުން 3000 އަކަފޫޓުގެ 100 ބަންޑާރަގޯތި ދޫރަނީ

ޚަބަރު ފަހުގެ

ހއ. ބާރަށުން 3000 އަކަފޫޓުގެ 100 ބަންޑާރަގޯތި ދޫކުރަން ނިންމައި، ޝަރުޠު ހަމަވާ ފަރާތްތަކަށް ގޯއްޗަށް ކުރިމަތިލުމުގެ ފުރުޞަޠު ހުޅުވާލައިފިއެވެ.

ބާރަށު ކައުންސިލުން ފަރާތުން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ، އެ ކައުންސިލުން ކަނޑައަޅާފައިވާ ޝަރުތުތައް ހަމަވާ ފަރާތްތަކުން، ބަންޑާރަ ގޯއްޗަށް އެދޭ ފޯމު ފުރިހަމަ ކުރެއްވުމަށްފަހު 31 ޖެނުއަރީ 2022 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން އެ ކައުންސިލް އިދާރާއަށް ފޯމު ހުށަހެޅުމަށް ފުރުޞަޠު ހުޅުވާލާފައިވާ ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

ފޯމް ހުށަހަޅާފަރާތްތަކަށް އީ-މެއިލް info@baarah.gov.mv ގެ ޒަރީއާއިން ނުވަތަ gov.mv މެދުވެރިކޮށްވެސް ފޯމު ހުށަހެޅޭނެއެވެ. އަދި އީމެއިލް އަދި މެދުވެރިކޮށް ހުށަހަޅާ ފޯމު އަދި ހުށަހަޅާ ގަނޑުތައް ހަމައަށް އެ ދާރާއަށް ލިބުނުކަން ފޯމު ހުށަހަޅާ ފަރާތުން އިދާރާއަށް ގުޅައިގެން ކަށަވަރުކުރަންޖެހެއެވެ.

ދިރިއުޅުމަށްޓަކައި ގޯއްޗަށް އެދޭ ފަރާތުގެ ހުންނަންވާ ޝަރުތުތައް

  • ދިވެހި ރައްޔިތެއް ކަމުގައިވުން.
  • އުމުރުން 18( އަށާރަ) އަހަރު ފުރިފައިވުން. (ގޯތި ދޫކުރަން އިޢުލާންކުރާތާރީޚާއި ހަމައަށް 18 އަހަރު ފުރިފައިވާ).
  • ބަންޑާރަ ގޯއްޗެއް ނުވަތަ އަމިއްލަ ގޯއްޗެއް ނުވަތަ ފުލެޓެއް އެމީހެއްގެ ނަމުގައި ރަޖިސްޓަރީ ވެފައިނެތުން.
  • އަމިއްލަ ނުވަތަ ބަންޑާރަ ގޯއްޗެއްގައިވާ ނުއުފުލޭ މުދަލުން ލިބިގެން އެފަދަ ގޯއްޗަކުން 600( ހަސަތޭކަ) އަކަފޫޓަށްވުރެ ބޮޑުބައެއް ލިބިފައި ނެތުން. ނުވަތަ ލިބިފައިވާ މިފަދަ ބައެއް ދޫކޮށްލުން.
  • ސަރުކާރުން ހަދާފައިވާ ޢިމާރާތެއްގެ ފުލެޓެއް އެމީހެއްގެ ނަމުގައި ރަޖިސްޓަރީ ވެފައި ނެތުން. ނުވަތަ އެފަދަ ތަނެއް އަމިއްލަ ނަމުގައި އޮވެ، އެތަން ދޫކޮށްލާ ނުވަތަ ވިއްކާފައިވާތާ 02 ( ދެއެއް ) އަހަރަށްވުރެ ގިނަދުވަސްވެފައިވުން.
  • އެއްމެދު ޢިމާރާތެއް، ފުލެޓެއް އެމީހެއްގެ ނަމުގައި ރަޖިސްޓަރީ ވެފައި ނެތުން. ނުވަތަ އެފަދަ ތަނެއް އަމިއްލަ ނަމުގައި އޮވެ، އެތަން ދޫކޮށްލާ ނުވަތަ ވިއްކާ ފައިވާތާ 02 ( ދެއެއް ) އަހަރަށްވުރެ ގިނަދުވަސްވެފައިވުން.
އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ