ހޯމް ސޯލާ ޕްރޮގްރާމް ހިންގަން ފެނަކައަށް

ޚަބަރު ފަހުގެ

ފަރުދުންގެ ގޭގޭގައި ސޯލާ ސިސްޓަމް ހަރުކޮށް، އެގެއަކަށް އެކަށީގެންވާ ކަރަންޓު އުފެއްދުމުގެ ފުރުސަތު ފަހިވާ ޕްރޮގްރާމް ހިންގަން ފެނަކަ ކޯޕަރޭޝަން ލިމިޓެޑާ ހަވާލުކޮށްފި އެވެ.

ހޮޓެލް ޖެންގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި “ހޯމް ސޯލާ ޕްރޮގްރާމް” ހިންގުން ފެނަކައާ ހަވާލުކުރުމުގެ އެއްބަސްވުމުގައި އެންވަޔަރަމަންޓް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު އައިމިނަތު ޝައުނާ އެވެ. ފެނަކައިގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދެވެ.

އިޝްތިހާރު
އިޝްތިހާރު

މި ޕްރޮގްރާމަކީ 2023ގެ ނިޔަލަށް މަދުވެގެން 10 މެގަވޮޓުގެ އިރުގެ އަލިން ހަކަތަ އުފައްދާ ނިޒާމުތައް ނެޓްމީޓަރިން އުސޫލުން ގާއިމުކުރުމަށް ކަނޑައަޅާފައިވާ ލަނޑުދަނޑި ހާސިލުކުރުމަށާއި އެ އަހަރުގެ ނިޔަލަށް ރާއްޖޭގެ ކާބަން އެމިޝަން ނެޓް ޒީރޯއަށް ހެދުމަށް ސަރުކާރުން އަމާޒުކޮށްފައިވާތީ، އެ އަމާޒު ހާސިލުކުރުމަށް މަގުފަހިކުރުމަށް ފަށާ ޕްރޮގްރާމެކެވެ.

ފެނަކައިން ބުނީ، މި ޕްރޮގްރާމުގެ ދަށުން 300 ޔުނިޓުގެ ކަރަންޓު ބޭނުންކުރާ ގެއެއްގައި 2ކވ ގެ ސިސްޓަމެއް ގާއިމުކޮށްފި ނަމަ، ކަރަންޓަށް މިހާރު ހޭދަކުރާ ނިސްބަތާ އަޅައިބަލާ އިރު، 90 ޕަސެންޓް އަށްވުރެ ބޮޑު އަދަދެއް ކަރަންޓު ބިލުން ސަލާމަތް ކުރެވޭނެ ކަމަށެވެ.

އަދި އެ ޕްރޮގްރާމުގެ ދަށުން ދޫކުރާ ހޯމް ސޯލާ ނިޒާމުތަކަކީ ނިސްބަތުން އަގުހެޔޮ، ރައްޔިތު މީހާގެ ޖީބަށް ލުއި އަދި އިންސްޓޯލްމަންޓް އުސޫލުން ދޫކުރެވޭ ނިޒާމުތަކެއް ކަމަށްވެސް ފެނަކައިން ބުންޏެވެ.

އެ ކުންފުނިން ބުނީ، އެ މަޝްރޫއު ހިންގުމަށް ފެނަކައާ ހަވާލުކުރާ ފައިސާއިން 2ކވގެ 1000 ސޯލާ ސިސްޓަމް ގާއިމުކުރެވޭނެ ކަމަށެވެ. އަދި އެއީ ރިވޯލްވިން ފަންޑެއްގެ ދަށުން ކުރިއަށް ގެންދާ މަަޝްރޫއުއަކަށްވާތީ، އެ އަދަދު މުސްތަގުބަލުގައި ބޮޑުތަނުން އިތުރުވެގެންދާނެ ކަަމަށް ބުންޏެވެ.

“އެގޮތުން 2ކވ. ގެ 1000 ސިސްޓަމް ގާއިމުކުރެވިއްޖެ ނަމަ ދައުލަތުން ކަރަންޓު އުފެއްދުމަށްޓަކައި އިމްޕޯޓްކުރާ ތެލުގެ ތެރެއިން ނުވަ ލައްކަ ލީޓަރު ތެޔޮ މަދުކުރެވިގެންދާނެ. މިއީ މިހާރުގެ ޑީސަލްގެ އަގަށް ބަލައި އިރު، އަހަރަކަށް 10 މިލިއަން ރުފިޔާ،” ފެނަކައިން ބުންޏެވެ.

ހޯމް ސޯލާ ޕްރޮގްރާމްގެ ދަށުން :

  • 5ކވ އާއި 3ކވ. ގެ ސޯލާ ޕީވީ ޕެކޭޖް ތައާރަފް ކުރާނެ
  • ގޭބިސީއަށް ކަރަންޓު ބޭނުންވާ ނިސްބަތަށް ބަލައި، އެކަށޭނެ ސައިޒް ކަނޑައެޅޭނެ
  • ސާވޭ ކުރުމާއި އިންޖިނިއަރިން ޑިޒައިން، ހަރުކޮށްދިނުން އަދި ކޮމިޝަންގެ މަސައްކަތް ކޮށްދޭނެ
އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ