ހަނިމާދޫ ޑަބްލިޔު.ޑީ.ސީއިން 220056 ރުފިޔާ ހަރަދުކޮށް ޕިކްނިކް އޭރިއާއެއް ތަރައްގީ ކުރަނީ

ހަނިމާދޫ ޚަބަރު ފަހުގެ

ހަނިމާދޫ ޑަބްލިޔު.ޑީ.ސީއިން 220056 ރުފިޔާ ހަރަދުކޮށްގެން ޕިކްނިކް އޭރިއާއެއް ތަރައްގީ ކުރަން ނިންމައިފިއެވެ.

މި ފިކްނިކް އޭރިއާއާ ބެހޭ މައުލޫމާތު ގޮށްކޮޅަށް ހިއްސާކުރަމުން ހަނިމާދޫ ޑަބްލިޔު.ޑީ.ސީ ގެ ރައީސާ ޢާއިޝަތު ޝިއުނީ ވިދާޅުވީ މިއީ ޑަބްލިޔު.ޑީ.ސީ ބަޖެޓުން ހަރަދުކޮށްގެން ތަރައްގީކުރަން ނިންމާފައިވާ ޕިކްނިކް އޭރިއާ އެއްކަމަށެވެ. އަދި މިއީ ގިނަ ރައްޔިތުންގެ އެދުމަކަށް ކުރަން ނިންމި ކަމެއް ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

ޕިކްނިކް އޭރިއާއެއް ތަރައްގީ ކުރުމުގެ އެއްބަސްވުމުގައި ސޮއި ކޮށްފައިވަނީ މިކަމަށްޓަކައި ހަނިމާދޫ ކައުންސިލްގައި ބޭއްވުނު ހާއްސަ ރަސްމިއްޔާތެއްގައެވެ. އެއްބަސްވުމުގައި ހަނިމާދޫ ކައުންސިލްގެ ފަރާތުން ސޮއި ކޮށްފައިވަނީ އެ ކައުންސިލްގެ ސެކެރްޓްރީ ޖެނެރަލް މުހައްމަދު އާސިފެވެ. އަދި އަރުތަ އިންވެސްޓްމެންޓްގެ ފަރާތުން ސޮއިކޮށްފައި ވަނީ މޫސާ ޖައުފަރެވެ.

މި މަސައްކަތް އަރުތަ އިންވެސްޓްމެންޓާއި ހަވާލުކޮށްފައި މިވަނީ 25 ދުވަހުގެ ތެރޭގައި މަސައްކަތް އެއްކޮށް ނިންމުމަށެވެ. އެގޮތުން މި މަސައްކަތުގެ ތެރެއިން 2 ހަޓާއި 3 ބާބެކިއު ގްރިލްއާއި 3 ޝަވަރުގެ އިތުރުން ކުޑަ ކެންޓީންއަކާއި އައުޓްޑޯ ބެންޗެއް އެޅިގެންދާނެ ކަމަށް ހަނިމާދޫ ކައުންސިލުން މައުލޫމާތުދެއެވެ. މީގެ އިތުރުން އެ ސަރަހައްދަށް ކަރަންޓުލައި ވަށާ ބައުންޑަރީއަކާއިއެކު އެ ސަރަހައްދު ވަކި ކުރެވިގެންދާނެއެވެ.

ޕިކްނިކް އޭރިއާއެއް ގޮތުގައި ކަނޑަ އަޅާފައިވަނީ ހަނިމާދޫ އިޖްތިމާއީ މަރުކަޒާ ދިމާ އަތިރިމަތިކަމަށް ހަނިމާދޫ ކައުންސިލްގެ ސެކެރްޓްރީ ޖެނެރަލް މުހައްމަދު އާސިފެ ވިދާޅުވިއެވެ. އަދި މިހަރަދުކުރަން ޑަބްލިޔު.ޑީ.ސީއިން ނިންމީ އެ ކޮމެޓީގެ 16 ވަނަ ބައްދަލުވުމުގައި ކަމަށްވެސް އާސިފް ވިދާޅުވިއެވެ.

މިހާރުވެސް ހަނިމާދޫގައި 115975 ރުފިޔާ ޚަރަދުކޮށް ހަދާފައިވާ ޕިކްނިކު އޭރިއާ “ހަނިހޭޅި” ނަމުގައި އޮވެއެވެ. އެތަން ހުޅުވީ 27 ޖުލައި 2021 ގައެވެ.

https://gohkolhu.com/2021/07/27/news-2/12397/
އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ