މީރާގެ މި އަހަރުގެ ކޮމްޕްލަޔަންސް އިމްޕްރޫވްމަންޓް ޕްލޭން ޝާއިއުކޮށްފި

ޚަބަރު ފަހުގެ

މީރާގެ ކޮމްޕްލަޔަންސް ރިސްކް މެނޭޖްމަންޓް ޕޮލިސީގެ ދަށުން މި އަހަރުގެ “ކޮމްޕްލަޔަންސް އިމްޕްރޫވްމަންޓް ޕްލޭން” މީރާގެ ވެބްސައިޓުގައި ޝާއިއުކޮށްފިއެވެ

މީރާއިން ކުރި އިއުލާނެއްގައި ބުނީ މި އަހަރުގެ ކޮމްޕްލަޔަންސް ޕްލޭންގައި، ޓެކްސް ދައްކާ ފަރާތްތަކުން ގާނޫނުތަކާއި ގަވާއިދުތަކަށް ތަބާވާ މިންވަރު އިތުރުކުރުމަށްޓަކައި، މި އަހަރަށް މީރާއިން ކުރަން ރާވައިފައިވާ މައިގަނޑު ފަސް ކަމެއް ހިމަނާފައިވާ ކަމަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

އެއީ ޓެކްސް ދައްކާ ފަރާތްތަކާއި އާންމު ރައްޔިތުން ޓެކުހުގެ މައުލޫމާތުތަކަށް ހޭލުންތެރިކުރުވުމާއި، ވަކިވަކި ސިނާއަތްތަކުގައި ހަރަކާތްތެރިވާ އާމްދަނީ ލިބޭ ފަރާތްތައް ރަޖިސްޓަރީކުރުވުމާއި، ކުދި ވިޔަފާރިތަކުގެ ޓެކްސް ކޮމްޕްލަޔަންސް އިތުރުކުރުމަށް އެހީތެރިވެދިނުމާއި، ބޮޑު އަދި މެދު ފަންތީގެ ޓެކްސް ދައްކާ ފަރާތްތައް ޓެކުހާ ގުޅޭ ގާނޫނުތަކާއި ގަވާއިދުތަކަށް ބޯލަނބާކަން ޔަގީންކުރުމުގެ އިތުރުން ޓެކްސް ނުދައްކާ ފަރާތްތަކާއި ޓެކުހަށް މަކަރު ހަދާ ފަރާތްތައް ދެނެގަނެ، އެ ފަދަ ފަރާތްތަކާމެދު ފިޔަވަޅު އެޅުން ކަމަށް މީރާއިން މައުލޫމާތު ދެއެވެ.

މީރާގެ ކޮމްޕްލަޔަންސް ރިސްކް މެނޭޖްމަންޓް ޕޮލިސީއަކީ ޓެކުހާ ގުޅޭ އިލްތިޒާމްތައް އަދާކުރުން ލުއިފަސޭހަކޮށްދީގެން ޓެކްސް ދައްކާ ފަރާތްތަކުން އަމިއްލަ އިހުތިޔާރުގައި ޓެކުހުގެ ގާނޫނުތަކާއި ގަވާއިދުތަކަށް ތަބާވުން ނުވަތަ ވޮލަންޓްރީ ކޮމްޕްލަޔަންސް’ އިތުރުކުރުމާއި، ތަންފީޒީ ފިޔަވަޅުތައް މެދުވެރިކޮށް ޓެކުހުގެ ގާނޫނުތަކާއި ގަވާއިދުތަކަށް ތަބާނުވުން ނުވަތަ ‘ނޮން-ކޮމްޕްލަޔަންސް’ މަދުކުރުވުމުގެ
މަގުސަދުގައި އެކުލަވާލައިފައިވާ ޕޮލިސީއެކެވެ. މީރާއިން މި ފަދަ ޕްލޭނެއް ފުރަތަމަ ފަހަރަށް ތައާރަފު ކުރީ 2021 ވަނަ އަހަރުގައެވެ.

މި ޕްލޭންގެ ދަށުން 2021 ވަނަ އަހަރު ކޮވިޑް-19 ގެ ސަބަބުން ޓެކްސް ކޮމްޕްލަޔަންސްއަށް ކުރިމަތިވި ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ޓެކްސް ދައްކާ ފަރާތްތަކަށް ގިނަ ލުއިތަކެއް ދިނުމުގެ އިތުރުން މީރާގެ އެންފޯސްމަންޓް ޕޮލިސީގެ ދަށުން އަޅަމުން ދިޔަ ފިޔަވަޅުތައް ހުއްޓައިލި އެވެ. ނަމަވެސް 2021 ވަނަ އަހަރުގެ ޕްލޭންގައި، ކޮވިޑުގެ ހާލަތަށްފަހު ދިވެހިރާއްޖޭގެ އިގްތިސާދަށް އަންނަމުންދާ ކުރިއެރުންތަކަށް ރިއާޔަތްކޮށް، ދައުލަތަށް ނުލިބިވާ ފައިސާ ހޯދުމަށް މީރާގެ އެންފޯސްމަންޓް ޕޮލިސީގެ ދަށުން ފިޔަވަޅު އެޅުމަށް ނިންމައިފައިވާކަމަށް މީރާއިން ބުންޏެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ