ހަނިމާދޫ ސިއްހީ މަރުކަޒު އޯ.ޕީ.ޑީ ގަޑިތައް ބަދަލުވެއްޖެ

ހަނިމާދޫ ޚަބަރު ފަހުގެ

ހަނިމާދޫ ސިއްހީ މަރުކަޒުގެ އޯ.ޕީ.ޑީ ގަޑިތަކަށް ވަގުތީ ގޮތުން ބަދަލު ގެނެސްފިއެވެ.

އެ މަރުކަޒުން މިރޭ ބުނީ ޑޮކްޓަރ ސަމްޖަނާ ކުންވާރު ރަށުގައި ނެތުމުގެ ސަބަބުން އެ ޑޮކްޓަރ ދުރުވަންދެން ބަލިމީހުން ބައްލަވާނީ ޑޮކްޓަރ ތައުޞީފް އަޙުމަދު ކަމަށެވެ. އަދި އޯ.ޕީ.ޑީ ގަޑިތަކަށް މިވަނީ ވަގުތީ ގޮތުން ތިރީގައި މިދަންނަވާ ގޮތަށް ބަދަލު ގެނެވިފައިވާކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

ހޮނިހިރު ދުވަހުން ފެށިގެން ބުރާސްފަތި ދުވަހަށް

  • ހެނދުނު 8:00 އިން 16:00 އަށް.
  • ރޭގަނޑު 20:30 އިން 21:30 އަށް.
    ހުކުރު ދުވަހު
  • ރޭގަނޑު 20:30 އިން 21:30 އަށް.

މިނޫން ވަގުތު ތަކުގައި ޑޮކްޓަރ ބައްލަވާނީ ހާލުދެރަ ބަލިމީހުން އެކަނި ކަމަވެސް އެ މަރުކަޒުން ވަނީ މިރޭ ބުނެފައެވެ.

ހަނިމާދޫ ސިއްހީ މަރުކަޒަކީ 24 ގަޑިއިރު ހިދުމަތްދޭ މަރުކަޒެކެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ