ރ. ދުވާފަރު މަގުހެދުމުގެ މަޝްރޫއުގެ ދަށުން އެގްރިގޭޓް ބޭސް ކޯސް (އޭބީސީ)ގެ މަސައްކަތް ފަށައިފިއެވެ.
އެ މަސައްކަތް ކުރަމުން އަންނަ އެމްޓީސީސީން ބުނެފައިވަނީ ދުވާފަރު މަގުހެދުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ ދަށުން، އޭބީސީ މަސައްކަތްތައް 8 ޖެނުއަރީ 2022 ވަނަ ދުވަހު ފަށާފައިވާކަމަށެވެ.
މި މަޝްރޫޢުގެ ދަށުން، 17790 އަކަ މީޓަރުގެ ދިގުމިނުގެ 9 މަގެއްގެ މަސައްކަތް ކުރަން ހަމަޖެހިފައިވާއިރު 6923 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމާއި، 17790 އަކަ މީޓަރުގެ ދުއްވާ ސަރަޙައްދެއް ޤާއިމުކުރުމާއި، ފެންހިންދާ ނިޒާމެއް ޤާއިމުކުރުމާއި، މަގުބައްތި ހަރުކުރުމާއި، މަގުމަތީ ނިޝާން ހަރުކުރުމުގެ މަސައްކަތް ހިމެނޭ ކަމަށްވެސް އެމްޓީސީސީން މައުލޫމާތުދެއެވެ.
ރ. ދުވާފަރު މަގުހެދުމުގެ މަޝްރޫއަކީ 37.8 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.