ޅައިމަގު ސްކޫލު އަދި އއ. އަތޮޅު ތައުލީމީ މަރުކަޒުގައި ކްލާސްރޫމް އަޅަން ހަވާލުކޮށްފި

ޚަބަރު ފަހުގެ

ޅައިމަގު ސްކޫލު އަދި އއ. އަތޮޅު ތައުލީމީ މަރުކަޒުގައި ކްލާސްރޫމް ތަކަކާއި އެހެނިހެން އިމާރާތްތަކެއް އަޅަން ޔެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މިކަމާ ގުޅޭ ދެ އެއްބަސްވުމެއްގައި ވަނީ ސޮއިވެސް ކޮށްފަ އެވެ.

އިޝްތިހާރު
އިޝްތިހާރު

މި ދެ އެއްބަސްވުމުގައި އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. އައިޝަތު އަލީ އެވެ. އަދި ޔެސް މޯލްޑިވްސްގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރ އަހްލަމް ރުޝްދީ އެވެ.

މި ދެ އެއްބަސްވުމުގެ ތެރެއިން ށ. ޅައިމަގު ސްކޫލުގައި އަށް ކްލާސްރޫމާއި މަލްޓިޕާޕަސް ހޯލް އިމާރާތެއްް އަޅަން ވަނީ ހަވާލުކޮށްފަ އެވެ. މި މަސައްކަތް ޔެސް މޯލްޑިވްސްއާ ހަވާލުކުރީ 16.8 މިލިއަން ރުފިޔާއަށް އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

އަދި އއ. ރަސްދޫގައި ހުންނަ އއ. އަތޮޅު ތައުލީމީ މަރުކަޒުގައި އަށް ކްލާސްރޫމާާއި އޮފީހަކާއި ސްޓާފްރޫމް އަދި މަލްޓިޕާޕަސް ހޯލެއް އިމާރާތްކުރަން ވެސް މިއަދު ހަވާލުކުރި އެވެ. މި މަސައްކަތް ޔެސް މޯލްޑިވްސްއާ ހަވާލުކުރީ 22 މިލިއަން ރުފިޔާއަށް 400 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ