މާލެއިން ދަތުރު ކުރާނަމަ ޕީސީއާރު ޓެސްޓް ހަދަން މަޖުބޫރުކޮށްފި

ޚަބަރު ފަހުގެ

މާލެ ސަރަޙައްދު (މާލެ، ހުޅުމާލެ، ވިލިމާލެ) ގައި ސާމްޕަލް ޕޮޒިޓިވިޓީ %5 އަށްވުރެ މަތިވެފައިވާތީ 10 ޖަނަވަރީ 2022 އިން ފެށިގެން މާލެ ސަރަޙައްދުން ދަތުރުކުރުމުގައި ޕީސީއާރް ޓެސްޓް ހަދަން މަޖުބޫރުކޮށްފިއެވެ.

ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ވިދާޅުވީ ވެކްސިންގެ ޑޯޒްތައް ފުރިހަމަވެ 14 ދުވަސް ހަމަވެފައިވާ ފަރާތެއް ނަމަ ދަތުރުކުރަން ޖެހޭނީ 72 ގަޑިއިރު ނުވާ ޕީސީއާރ ނެގެޓިވް ނަތީޖާއާއެކު ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

އަދި ވެކްސިންގެ ޑޯޒްތައް ފުރިހަމަނުވާ ފަރާތެއްނަމަ، 14 ދުވަހުގެ ފުރަބަންދު ކަރަންޓީނު ފުރިހަމަކުރަން ޖެހޭނެ ކަމަށާއި އެފަރާތްތަކުން ކަރަންޓީނުން ދޫކުރެވޭނީ 14 ދުވަހުގެ ކަރަންޓީނު ފުރިހަމަކުރުމަށްފަހު ޕީ.ސީ.އާރ ޓެސްޓް ހަދައި ނަތީޖާ ނެގެޓިވް ވުމުން ކަމަށެވެ. މީގެތެރޭގައި މިފަދަ މީހުންނާއެކުގައި ދަތުރުކުރަންޖެހޭ ވެކްސިން ނުޖެހޭ ޢުމުރުގެ ކުޑަކުދިން ނުހިމެނޭނެ ކަމަށް އެޗްޕީއޭއިން ވިދާޅުވިއެވެ.

މީގެ އިތުރުން މާލެ ސަރަހައްދުން ރާއްޖޭގެ އެހެން ރަށްރަށަށް ދަތުރުކުރާ ފަރާތްތަކުން ‘ކޮވިޑްސޭފް’ ޕޯޓަލްއިން ނެގެޓިވް ނަތީޖާ ދައްކާފައި ކަމަށް އެޗްޕީއޭއިން ވިދާޅުވިއެވެ. ދަތުރުކުރާ ފަރާތްތަކުން ހާލުބެލުން ޕޯޓަލް’ އިން ހުއްދަ ހޯދައިގެން ދަތުރުކުރުމަށް ވެސް އެޗްޕީއޭއިން ވަނީ އަންގާފައެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ