ހޯރަފުށީ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތުގެ ބޮޑުބައި ނިމިއްޖެ

ޚަބަރު ފަހުގެ

ހއ. ހޯރަފުށީ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ 68 ޕަސެންޓް މަސައްކަތް ނިމިފައިވާ ކަމަށް އެ މަސައްކަތްކުރާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

އެ މަޝްރޫއުގެ ދަށުން، 280 މީޓަރުގެ ސަރަހައްދެއްގައި ޖިއޯބޭގް ބޭރުތޮށި ލުމުގެ މަސައްކަތް ހިމެނެއެވެ.

އިޝްތިހާރު
އިޝްތިހާރު

އެ މަޝްރޫއަކީ 6.39 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

އެމްޓީސީސީން މިހާރުވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަ އަދަދެއްގެ މަޝްރޫއުތައް ދަނީ ހިންގަމުންނެވެ. އަދި އެ ކުންފުނީގެ މަސައްކަތުގެ ސްޕީޑު އަވަސްކޮށް، ގިނަ ކާމިޔާބީތަކެއް ހޯދިފައިވާކަމަށް އެ ކުންފުނިން ފާހަގަ ކުރެއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ