ކޯވިޑް ކަރަންޓީންގެ މުއްދަތު ކުރުކޮށްފި

ޚަބަރު ޚަބަރު ޢާޖިލް ފަހުގެ

ކޯވިޑް-19 ޖެހޭ މީހުން ކަރަންޓީން ކުރާ މުއްދަތު 10 ދުވަހަށް ކުރު ކުރަން ނިންމާފައިވާ ކަމަށް އެޗްޕީއޭ އިން ވިދާޅުވެއްޖެއެވެ.

މިހާރު ބާއްވަމުންދާ ނޫސްވެރިންގެ ބައްދަލުވުމުގައި މަޢުލޫމާތު ދެއްވަމުން ހެލްތް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގެ ތަރުޖަމާނު ޑރ.ނަޒްލާ ރަފީގް ވިދާޅުވީ މިހާރު އަމަލުކުރާގޮތަކީ ކޯވިޑް ޖެހޭ މީހުންގެ ކިބައިން އަލާމާތެއް ނުފެނު ނަމަވެސް 14 ދުވަހުގެ ކަރަންޓީން އެއް ފުރިހަމަ ކުރުންކަމަށެވެ. ނަމަވެސް ވެކްސިން ފުރިހަމަ ކޮށްފައިވާނަމަ 10 ދުވަހަށް ކަރަންޓީން މުއްދަތު ކުރުކުރުމަށް މިހާރު ނިންމާފައިވާ ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

ހަމަ މިއާއެކު ޕޮޒިޓިވް މީހުންގެ ކޮންޓެކްޓުންގެ ގޮތުގައި ފާހަގަކުރެވޭ މީހުންގެ ތެރެއިން ވެކްސިން ފުރިހަމަ ކޮށްފައިވާ ފަރާތްތަކަށް ދެ ގޮތެއް އެބަ އޮތްކަމަށާއި، އެއީ ކަރަންޓީންގެ 10 ދުވަސް ފުރިހަމަކޮށް، ޓެސްޓަކާ ނުލައި ރިލީޒްވުން ނުވަތަ 5 ދުވަސް ފަހުން ޓެސްޓް ކުރުމަށް ފަހު ޓެސްޓް ނެގެޓިވް ވެއްޖެނަމަ ރިލީޒްވުން ކަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ.

މި ބަދަލުތައް ގެނައިނަމަވެސް، ވެކްސިން ފުރިހަމަ ނުކުރާ މީހުން 14 ދުވަހު ކަރަންޓީން މުއްދަތު ފުރިހަމަ ކުރަންޖެހޭނެކަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ.

ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޑރ.ޝާހް މާހިރު ވިދާޅުވީ ރާއްޖޭގައި މިހާރު ކޯވިޑް އިތުރުވަމުން އަންނަނީ އޮމިކްރޯންގެ ސަބަބުން ކަމަށެވެ. އެގޮތުން މިހާތަނަށް މާލޭގެ އިތުރުން މާފުއްޓާއި، ކުޑަހުވަދޫއިން އޮމިކްރޯން ވޭރިއަންޓް ފެނިފައިވާކަމަށެވެ.

އިއްޔެ އެކަނިވެސް ރާއްޖެއިން 454 މީހުން ކޯވިޑްއަށް ޕޮޒިޓިވްވެފައިވެއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ