ހަނިމާދޫ ކައުންސިލްގެ އިޖްތިމާއީ މަރުކަޒު ކަނޑައެޅިފައިވާ މުއްދަތުގެ ކުރިން މަރާމާތުކޮށް ނިންމާ މިއަދު ހަވާލު ކޮށްފިއެވެ.
އެމަސައްކަތް ހަނިމާދޫ ކައުންސިލުން ހަވާލުކޮށްފައިވަނީ ބީތްރީ ކޮންސްޓްރަކްޝަން އަށް 25 ދުވަސް ތެރޭ ނިންމާގޮތަށް 21 ޑިސެމްބާރ 2021 ވަނަ ދުވަހުއެވެ.
ހަނިމާދޫ ކައުންސިލުން މުޅި ޖުމުލަ 221540ރ ހަރަދުކުރި މި މަރާމާތުގެ ތެރޭގައި އިޖްތިމާއީ މަރުކަޒުގެ އެތެރެފާރާއި ބޭރުފާރުގެ ރެސްތައް ބެއްދުމާއި، ކުލަ ކަހާ ސީލަރުލައި ކުލަ ލުމާއި، ކުޑަދޮރުތައް މަރާމާތުކޮށް ދަވާދުލައި، އެތެރެ ސީލިންގް ކުލަލުމާއި، ބޭރުގައި އަތްދޮންނަ ސިންކެއް ހެދުމާއި، ފާހާނާ ފިޓިންގސް މަރާމާތުކުރުމާއި، ޕޮރޮޖެކްޓަރެއް ސީލިންގް ގައި ހަރުކޮށް، އިރުމަތިފާރުގައި ސްކްރީނެއް ހެދުމާއި، ސީލިންގްގައި ޑައުންލައިޓް ހަރުކުރުމާއި، މުޅި ހޯލު އެއްކޮށް އެއަރކޯން ހަރުކުރުން ހިމެނެއެވެ.
ބީތްރީ ކޮންޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް އަކީ 07 އޮކްޓޯބަރ 2008 ވަނަ އަހަރު ރަޖިސްޓަރީ ކުރެވި ހަނިމާދޫގައި ގެދޮރު އިމާރާތް ކުރުމުގެ ދާއިރާގައި ފުޅާދާއިރާއެއްގައި މަސައްކަތް ކުރަމުންދާ ކުންފުންޏެކެވެ. މިގޮތަށް ހަވާލުވާ މަސްކަތްތައް ދުވަހަށް ނިންމުމުގެ ލަމަސީލް ކުންފުންޏެކެވެ.