މުލީއާގޭ ފާރުގައި ޖެހުނު ސައިކަލަކުން ބަނގުރާ ފުޅިތަކެއް ހޯދައިފި

ޚަބަރު ފަހުގެ

މުލީއާގޭ ފާރުގައި ޖެހި އެކްސިޑެންޓުވި ސައިކަލަކުން ބަނގުރާ ފުޅިތަކެއް ހޯދައިފި އެވެ.

ފުލުހުން ބުނީ މަޖީދީ މަގުން ބާރު ސްޕީޑްގައި ދުއްވައިފައި ދިޔަ ސައިކަލެއް މަޑުކުރަން އެންގުމުން މަޑުނުކޮށް ބާރު ސްޕީޑުގައި އަލިކިލެގޭފާނު މަގުން ދަނިކޮށް ކޮންޓްރޯލުން ނައްޓައިގެން ގޮސް މުލީއާގޭ ފާރުގައި ޖެހި އެކްސިޑެންޓްވެފައިވާ ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

މި އެކްސިޑެންޓުގައި އަނިޔާވެފައިވަނީ ބަންގްލަދޭޝްގެ ފިރިހެނަކަށް ކަމަށާއި އަދި އެ މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް އައިޖީއެމްއެޗްގައި ފަރުވާ ދެމުންދާ ކަމަށް ފުލުހުން ބުނެ އެވެ.

ބަނގުރާ ފުޅިތަކެއް ފެނިފައިވަނީ އެ ސައިކަލުގައި އަޅުވާފައި އޮތް ކޮތަޅެއްގެ ތެރެއިން ކަމަށްވެސް ފުލުހުން ބުނެ އެވެ. މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ