މާފުށީ ޖަލުން ކޮވިޑް ކޭސްތަކެއް ފެނި، ޖަލު ކުއްލި ހާލަތަށް!

ޚަބަރު ފަހުގެ

ކ. މާފުށީ ޖަލުން ކޮވިޑް ކޭސްތަކެއް ފެނި، ޖަލު ކުއްލި ހާލަތަށް ގެންނަން ނިންމައިފި އެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ، މާފުށީ ޖަލުގައި ކޮވިޑުގެ އަލާމާތް ހުރި އޮފިސަރުންނާއި ގައިދީންގެ ފަރާތުން ނެގި ސާމްޕަލްތަކުގެ ތެރެއިން ހަތް އޮފިސަރުން އަދި ހަތަރު ގައިދީން އިއްޔެ ޕޮޒިޓިވްވެފައިވާ ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

އެހެންކަމުން މިއަދު ހަވީރު 4:00 އިން ފެށިގެން މާފުށީ ޖަލު ކުއްލި ހާލަތަށް ގެންނަން ނިންމާފައިވާ ކަމަށް ބުންޏެވެ.

އޭގެ އިތުރުން މާފުށީ ޖަލު އާންމު ހާލަތަށް ގެންނަންދެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ގައިދީންނާއި ބަންދު މީހުންނަށް އާއިލީ ބައްދަލުވުމާއި ވަކީލު ބައްދަލުވުން އަދި ކޯޓުގެ އަޑުއެހުންތައް ކުރިއަށް ގެންދާނީ އޮންލައިންކޮށް ކަމަށްވެސް ކަރެކްޝަންސް އިން ބުނެފައިވެ އެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ