ގްރޭޑް 8-1ގެ ދަރިވަރުން ފުރަތަމަ ހަފުތާގައި ސްކޫލަށް ހާޒިރުވާން ޖެހޭނީ މަދުވެގެން 2 ދުވަހު

ޚަބަރު ފަހުގެ

ރާއްޖޭގައި ހަލުވިކަމާއެކު ކޮވިޑް-19 ފެތުރެމުންދާތީ، ފުރަތަމަ ހަފުތާގައި ދަރިވަރުން ސްކޫލަށް ހާޒިރުވާން ޖެހޭނީ މަދުވެގެން ދެ ދުވަހު ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

އެޑިއުކޭޝަން މިިނިސްޓްރީން މިފަދަ ފިޔަވަޅުތައް އަޅަން ނިންމާފައި ވަނީ މާލޭގައި ކޮވިޑަށް ފައްސިވާ އަދަދުތައް ވަރަށް ބޮޑަށް އިތުރުވުމުންނެވެ.

އިޝްތިހާރު
އިޝްތިހާރު

އެމިނިސްޓްރީން ވިދާޅުވީ، ރަާއްޖޭގައި އަނެއްކާވެސް ހަލުވިކަމާއެކު ކޮވިޑް ފެތުރެމުންދާތީ ހާއްސަ ފިޔަވަޅުތަކެއް އެޅުމަށް އެޗްޕީއޭއިން އަންގަމުންދާ ކަމަށެވެ.

އެހެންކަމުން 2021-2022 ވަނަ ދިރާސީ އަހަރުގެ ދެވަނަ ޓާމްގެ ކިޔަވައިދިނުން އާދީއްތަ ދުވަހު ފަށާއިރު މާލެ ސްކޫލްތަކުގައި ފުރަތަމަ ހަފްތާގައި ކިޔަވައި ދިނުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ހާއްސަ ސަމާލުކަމެއް ދީގެން ކަަމަށް އެ މިނިސްޓްރީން ވިދާޅުވެފައި ވެއެވެ.

އެގޮތުން ސްކޫލްގެ ހުރިހާ ހަރަކާތްތަކުގައިވެސް ގައި ދުރުކަން ދެމެހެއްޓުމާއި، ދަރިވަރުން ސްކޫލަށް ހާޒިރުވުމުން ހުން ބެލުމާއި، ސެނެޓަައިޒް ކުރުން ނުވަތަ އަތް ދޮވުމާއި، ސްކޫލްގެ ކިޔަވާ ދަންފަޅި ކުރު ކުރުމަށް އަންގާފައި ވެއެވެ.

އަދި ކްލާސްރޫމްގައި ދަރިވަރުން ތިބޭއިރު ތިން ފޫޓު ދުރުމިން ބެހެއްޓުމާއި، ގްރޭޑް އެކެއް އިން އަށެއްގެ ދަރިވަރުން ފުރަތަމަ ހަފްތާ މަދުވެގެން ދެ ދުވަހު ސްކޫލަށް ހާޒިރުވާ ގޮތަށް ޓައިމް ޓޭބަލް ރޭވުމަށް އަންގާފައި ވެއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ