އއ. ބޮޑުފޮޅުދޫ ކައުންސިލުން މިހިނގާ 2022 ވަނަ އަހަރަށް ލަފާ ކުރާ ކައުންސިލުގެ ބަޖެޓް އާއްމުކޮށްފިއެވެ.
ބޮޑުފޮޅުދޫ ކައުންސިލުން މި 2022 ވަނަ އަހަރަށް ލަފާކުރާ ބަޖެޓްގެެ ގޮތުގައި ފާސްކޮށްފައި ވަނީ 10،438،443.85 (ދިހަ މިލިއަން މިލިއަން ހަތަރު ލައްކަ ތިރީސް އަށް ހާސް ހަތަރު ސަތޭކަ ސާޅީސް ތިން ރުފިޔާ އައްޑިހަ ތިން ލާރި) އެވެ.
ބޮޑުފޮޅުދޫ ކައުންސިލުގެ ބަޖެޓްގެ ތަފްސީލަށް ބަލާލާއިރު ދައުލަތުން ދޭ ގްރާންޓްގެ ގޮތުގައި 4،539،718.45 (ހަތަރު މިލިއަން ފަސް ލައްކަ ތިރީސް ނުވަ ހާސް ހަތް ސަތޭކަ އަށާރަ ރުފިޔާ ސާޅީސް ފަސް ލާރި) ހިމަނާފައިވާއިރު ތިންވަނަ ފަރާތުން އާމްދަނީގެ ގޮތުގައި ލިބޭނެކަމަށް 3،326،000 (ތިން މިލިއަން ތިން ލައްކަ ސައްބީސް ހާސް) ރުފިޔާ ލަފާކޮށްފައިވާއިރު ތިންވަނަ ފަރާތުން ލިބޭ އާމްދަނީން 2،227،200 (ދެ މިލިއަން ދެލައްކަ ހަތާވީސް ހާސް ދުއިސައްތަ) ރުފިޔާ ހަރަދުވާނެކަމަށް ވަނީ ލަފާކޮށްފައެވެ. ކައުންސިލުގެ އާމްދަނީގެ ގޮތުގައި 2،503،948.20 (ދެ މިލިއަން ފަސް ލައްކަ ތިން ހާސް ނުވަ ސަތޭކަ ސާޅީސް އަށް ރުފިޔާ ވިހި ލާރި) ލިބޭނެ ކަމަށް ލަފާކޮށްފައިވާއިރު ކައުންސިލުގެ އާމްދަނީން 1،769،228.85 (އެއް މިލިއަން ހަތް ލައްކަ ފަސްދޮޅަސް ނުވަހާސް ދުއި ސައްތަ އަށާވީސް ރުފިޔާ އައްޑިހަ ފަސް ލާރި) ހަރަދު ވާނެ ކަމަށް ވަނީ ލަފާ ކޮށްފައެވެ.
![](https://gohkolhu.com/wp-content/uploads/2022/01/FB_IMG_1642315386059-1024x796.jpg)
މީގެ އިތުރުން އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އާމްދަނީގެ ގޮތުގައި 441،668.55 (ހަތަރު ލައްކަ ސާޅީސް އެއް ހާސް ހަ ސަތޭކަ ފަސްދޮޅަސް އަށް ރުފިޔާ ފަންސާސް ފަސް ލާރި) ހިމަނާފައިވާ އިރު ކޮމިޓީގެ އާމްދަނީން 427،930 (ހަތަރު ލައްކަ ހަތާވީސް ހާސް ނުވަ ސަތޭކަ ތިރީސް ރުފިޔާ) ހަރަދު ވާނެކަމަށް ވަނީ ލަފާކޮށްފައެވެެ.
ބޮޑުފޮޅުދޫ ކައުންސިލަށް ޑޮނޭޝަންގެ ގޮތުގައި 1،475،440 ( އެއް މިލިއަން ހަތަރު ލައްކަ ހަތްދިހަ ފަސް ހާސް ހަތަރު ސަތޭކަ ސާޅީސް ރުފިޔާ) ވަނީ ހިމަނާފައެވެ.