ކޮވިޑް-19 ޖެހިގެން ރާއްޖެއިން 52 އަހަރުގެ އަންހެނަކު ނިޔާވެއްޖެ

ޚަބަރު ފަހުގެ


ކޮވިޑް-19 ޖެހިގެން ރާއްޖެއިން އިތުރު މީހަކު ނިޔާވެއްޖެ އެވެ. މިރޭ ނިޔާވީ އުމުރުން 52 އަހަރުގެ އަންހެނެކެވެ.

މިކަން ހާމަކޮށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވިދާޅުވީ، އެ އަންހެން މީހާ ނިޔާވީ 11:20 ހާއިރު އައިޖީއެމްއެޗްގައި ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

އެޗްޕީއޭއިން ވިދާޅުވީ މި އަންހެން މީހާ ހޮސްޕިޓަލުގެ އިމަޖެންސީއަށް ދިޔައީ ނޭވާލާން އުނދަގޫވެގެން އިއްޔެ ހަވީރު 4:40 ގައި ކަމަށެވެ. އެއަށްފަހު އޭނާ ނިޔާވީ ފަރުވާކުރަމުން ދަނިކޮށެވެ.

މިއާއެކު ރާއްޖެއިން މިހާތަނަށް ކޮވިޑް-19 ޖެހިގެން ނިޔާވި މީހުންގެ އަދަދު މިހާރު ވަނީ 17 އަށް އަރާފައެވެ. މީގެ ތެރޭގައި ހިމެނެނީ 13 ދިވެއްސަކާއި ހަތަރު ބިދޭސީއެކެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ