ހަނިމާދޫ ޒުވާނުންގެ ޖަމުއިއްޔާއިން ތަޖުރިބާ ދަތުރެއްގައި ނޭކުރެންދޫއަށް ޒިޔާރަތްކޮށްފި

ހަނިމާދޫ ޚަބަރު ފަހުގެ

އޭސިއާ ފައުންޑޭޝަން މޯލްޑިވްސްގެ އެހީތެރިކަމާއިއެކު ހަނިމާދޫ ޒުވާނުންގެ ޖަމުއިއްޔާގެ ހިންގުން ހަރުދަނާ ކުރުމުގެ ގޮތުން ކުރިއަށް ގެންދާ ޕްރޮޖެކްޓެއްގެ ތެރެއިން ތަޖުރިބާ ހޯދުމުގެ ދަތުރެއްގައި ޖަމުއިއްޔާގެ މެމްބަރުންތަކެއް ހދ.ނޭކުރެންދޫއަށް ޒިޔާރަތްކޮށްފިއެވެ.

ހަނިމާދޫ ޒުވާނުންގެ ޖަމުއިއްޔާއިން ބުނީ މި ޒިޔާރަތުގައި ނޭކުރެންދޫގެ ޖަމުއިއްޔާއެއް ކަމަށްވާ އެސޯސިއޭޝަން ފޯރ ނޭކުރެންދޫ ޑިވެލޮޕްމަންޓް (އެންޑް) ޖަމުއިއްޔާއާއި ބައްދަލުކޮށް އެ ޖަމުއިއްޔާއިން ކުރިއަށް ގެންދާ ޕްރޮގްރާމްތަކާއި އެ ޖަމުއިއްޔާގެ ހިންގުމުގެ ކަންކަން ކުރިއަށްދާ ގޮތާއި ގުޅޭ ގޮތުން މަޢުލޫމާތު ހޯދިފައިވާކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

މީގެއިތުރުން މި ދަތުރުގެ ތެރެއިން ނޭކުރެންދޫ ޕްރީސްކޫލަށް ވެސް ޒިޔާރަތް ކުރިކަމަށާއި އަދި އެ ރަށުގައި ހިންގާ ޒާހިރު ސްޕޯޓްސް އެކަޑަމީއަށް ޒިޔާރަތްކޮށް އެ އެކަޑަމީގެ ހިންގުމުގެ ކަންކަމާއި ގުޅޭގޮތުން މަޝްވަރާކޮށް މަޢުލޫމާތު ހޯދިފައިވާކަމަވެސް ހަނިމާދޫ ޒުވާނުންގެ ޖަމުއިއްޔާއިން މައުލޫމާތު ދެއެވެ.

ހަނިމާދޫ ޒުވާނުންގެ ޖަމުއިއްޔާއިން ކުރިއަށް ގެންދިޔަ ތަޖުރިބާގެ ދަތުރުގެ އެންމެހާ ކަންކަން ހަމަޖައްސަވައި ދެއްވުމުގައި އެސޯސިއޭޝަން ފޯ ނޭކުރުންދޫ ޑިވެލޮޕްމަންޓް، އެންޑް ޖަމިއިއްޔާގެ ފަރާތުން ދެއްވި އެއްބާރުލުމާއި އެހީތެރިކަން ފާހަގަކޮށް ހަނިމާދޫ ޒުވާނުންގެ ޖަމުއިއްޔާއިން ވަނީ ޝުކުރު އަދާކޮށްފައެވެ.

ފޮޓޯ: ހަނިމާދޫ ޒުވާނުންގެ ޖަމުއިއްޔާ ފޭސްބުކް

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ