ކޮންޓެކްޓް ޓްރޭސިން އަށް ފުރިހަމަ މައުލޫމާތު ދިނުމަށް ހަނިމާދޫ ސިއްހީ މަރުކަޒުން އެދެފި

ހަނިމާދޫ ޚަބަރު ފަހުގެ

ކޮންޓެކްޓް ޓްރޭސިން އަށް ފުރިހަމަ މައުލޫމާތު ދިނުމަށް ހަނިމާދޫ ސިއްހީ މަރުކަޒުން އެދެފިއެވެ.

މިފަދައިން ހަނިމާދޫ ސިއްހީ މަރުކަޒުން އެދިފައި މިވަނީ މިއަދު އެ މަރުކަޒުގެ ވައިބާ ގުރޫޕު މެދުވެރިކޮށް ދީފައިވާ މެސެޖެއްގައެވެ. އެ މެސެޖުގައި ހަނިމާދޫ ސިއްހީ މަރުކަޒުން ބުނީ ކޮންޓެކްޓް ޓްރޭސިން އަށް ފުރިހަމަ މައުލޫމާތު ދިނުމަކީ ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް ވަރަށް މުހިއްމު ކަމެއް ކަމަށެވެ. ޕޮޒިޓިވް ވާ ހުރިހާ ފަރާތްތަކުންވެސް އެފަރާތެއްގެ ކޮންޓެކްޓުން ރަނގަޅަށް ދެނެގަނެ އެ މައުލޫމާތު މަރުކަޒަށް ހިއްސާކުރެއްވުމަކީ އެ މަރުކަޒުގެ ވަރަށް ބޮޑު އެދުމެއް ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

މީގެ އިތުރުން އެ މަރުކަޒުގެ ޒިންމާއެއްގެ ގޮތުގައިމިވަނީ ކޮވިޑް ޓެސްޓް ކުރުމަށް ސާމްޕަލް ނެގުމާއި ކޮންޓެކްޓް ޓްރޭސިން ހެދުމުގެ މަސައްކަތާއި ބަލިމީހުންނަށް ފަރުވާދިނުމާއި އެކަހެރިވާންޖެހޭ ފަރާތްތަކަށް އެކަހެރިވުމަށް އެންގުން ކަމަށްވެސް އެ މެސެޖުގައިވެއެވެ. ބަލިމީހާ އާއި ބެހޭ މައުލޫމާތު އާންމު ކުރުމަކީ އެ މަރުކަޒަށް ކުރެވޭނެ ކަމެއް ނޫންކަމަށްވެސް ބުނެފައިވެއެވެ.

ކަރަންޓީނަށް ލެވޭ ގެތަކުގެ މައުލޫމާތު ރަށުކައުންސިލް އަށް ޚިއްޞާކޮށް ނޯޓިސް ހަރުކުރުމަށް މިގެންދަނީ ދުވަހުން ދުވަހަށް އަންގަމުން ކަމަށާއި ބަލި ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން ކޮންޓެކްޓް ބަބުލް ވީހާވެސް ބޮޑަށް ކުޑަކުރުމަށް މަސައްކަތްކުރުމަށް އެ މަރުކަޒުން އެދެއެވެ.

އަދި އަބަދުވެސް މާސްކް އެޅުއްވުމަށް ސަމާލުކަން ދެއްވުމަށާއި
ރޯގާގެ އެއްވެސް އަލާމާތެއް ހުރިނަމަ ލަސްނުކުރައްވާ އެ މަރުކަޒަށް އަންގަވަން ވާނެކަމަށް އެ މެސެޖުގައިވެއެވެ.

މީގެ އިތުރުން ފަރުދީ ޒިންމާ އަދާކުރުމުގެ ގޮތުން ޓެސްޓްކޮށް ނަތީޖާ ލިބެންދެން އެކަހެރިވެ ހުންނަންވާނެކަމަށް އެ މެސެޖުގައިވެއެވެ.

މޮނިޓަރިންނަށް ލުމާއި މޮނިޓަރިން އިން ނެގުމަކީ އެ މަރުކަޒަކަށް ބާރުލިބިގެންވާ ކަމެއް ނޫކަމަށާއި ރިޕޯރޓް ކުރެވޭ ކޭސްތަކަށް ބަލާ، ރަށްތައް މޮނިޓަރިންއަށް ލުމަކީ އެޗް.ޕީ.އޭ އިން ކުރައްވާ މަސައްކަތެކަމަވެސް އެމެސެޖުގައި ބުނެފައިވެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ