ސާމްޕަލްގެ ނަތީޖާ ލިބެން ހަތަރު ދުވަސްވެސް ވެދާނެ

ހަނިމާދޫ ޚަބަރު ފަހުގެ

ސާމްޕަލްގެ ނަތީޖާ ލިބުން ލަސްވެ، ހަތަރު ދުވަސްވެސް ވެދާނެ ކަމަށް ހަނިމާދޫ ސިއްހީ މަރުކަޒުން ބުނެފިއެވެ.

ޕީ.ސީ.އާރު ޓެސްޓް ހެދުމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ފޮނުވޭ ސާމްޕަލް ތަކުގެ އަދަދު ގިނަވުމާއި މިވަގުތު ކޮވިޑާއި ގުޅިގެން ޕީ.ސީ.އާރު ލެބް ގައި މަސައްކަތް ކުރައްވާ ބައެއް މުވައްޒަފުން ކަރަންޓީން ކުރެވިފައިވާތީ، ކުރިއަށް އޮތް ދުވަސް ތަކުގައި ޕީ.ސީ.އާރު ޓެސްޓްގެ ނަތީޖާ ލިބުމުގައި ލަސްތަކެއް ކުރިމަތިވެދާނެކަމަށް ހަނިމާދޫ ސިއްހީ މަރުކަރުން ބުނެފިއެވެ. ނަތީޖާ ލިބެން ހަތަރު ވަރަކަށް ދުވަސް ހޭދަވުންވެސް އެކަށީގެންވާ ކަމަށާއި، މިފަދަ ހާލަތްތަކުގައި ކެތްތެރިކަން އިސްކުރެއްވުމަކީ ރައްޔިތުންގެ ފަރާތުން އެދޭ ވަރަށް ބޮޑު އެދުމެއް ކަމަށް އެ މަރުކަޒުން ބުންޏެވެ.

އިޝްތިހާރު
އިޝްތިހާރު

ހަމައެއާއެކު، ކޮންމެ ދުވަހަކު ވެސް ޕޮޒިޓިވް ކޭސްތަކެއް ފެންނަމުން ދާކަމަށާއި، ކޮވިޑް 19 ގެ އަލާމާތްތައް ހުރެގެން ޑޮކްޓަރަށް ދައްކަވާ ފަރާތްތައްވެސް އިތުރުވަމުންދާ ކަމަށް ހަނިމާދޫ ސިއްހީ މަރުކަޒުން ހާމަކޮށްފައިވެއެވެ.

އެހެންކަމުން، މިހާލަތުގައި ރައްކާތެރިކަން ފިޔަވަޅުތައް އެޅުމަށާއި، ގިނަގިނައިން އަތްދޮވުމާއި މާސްކް އެޅުމާއި އެއްވެ އުޅުން މަދުކުރުމާއި އިޖުތިމާއީ ގައިދުރުކަން އިސްކުރެއްވުމަކީ ކޮވިޑް 19 އިން ރައްކާތެރިވުމަށް ކުރެވޭނެ އެންމެ މުހިއްމު ކަންކަން ކަމަށް އެ މަރުކަޒުން ލަފާ ދެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ