ކޮވިޑްގައި މިއަދު އިތުރު މީހަކު ނިޔާވެއްޖެ، މިއަދު ނިޔާވި މީހުންގެ އަދަދު 4 އަށް!

ޚަބަރު ފަހުގެ

ކޮވިޑް-19 އަށް ފަރުވާ ހޯދަމުން އައި އިތުރު މީހަކު ނިޔާވެއްޖެ އެވެ. މިއީ މިއަދު ނިޔާވި 4 މީހާއެވެ.

ލ. ގަމު ކޮވިޑް-19 ފެސިލިޓީގައި ފަރުވާ ދެމުން ދިޔަ އިތުރު މީހަކު ނިޔާވެއްޖެވެ. މިއަދު ހެނދުނުވެސް ގަމު ކޮވިޑް-19 ފެސިލިޓީގައި ފަރުވާ ދެމުން ދަނިކޮށް މީހަކުވަނީ ނިޔާވެފައެވެ.

އިޝްތިހާރު
އިޝްތިހާރު

ގަމު ކޮވިޑް-19 ފެސިލިޓީގައި މިއަދު ފުރަތަމަ ނިޔާވެފައިވަނީ ލ. ފޮނަދޫ މީހެކެވެ. ދެވަަނައަށް ނިޔާވެފައިވަނީ އެ އަތޮޅު އިސްދޫ ފިރިހެނެކެވެ. އެއީ 84 އަހަރުގެ ފިރިހެނެކެވެ.

މިއަދު ހުޅުމާލޭ ފެސިލިޓީންނާއި އައްޑޫ ކޮވިޑް-19 ފެސިލިޓީގައި ފަރުވާ ދެމުން ދިޔަ ދެ މީހުންވެސް ވަނީ ނިޔާވެފައެވެ. މިއާއެކު ކޮވިޑް-19 ޖެހިގެން ނިޔާވި މީހުންގެ އަދަދުވަނީ 269 އަރާފައެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ