މިއަދު މިހާތަނަށް ތިން ރަށެއް މޮނިޓަރިންގެ ހާލަތަށް ގެނެސްފި

ޚަބަރު ފަހުގެ

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފައިވަނީ މިއަދު މިހާތަނަށް ތިން ރަށެއް މޮނިޓަރިންއަށް ގެނެސްފައިވާކަމަށެވެ. މޮނިޓަރިންއަށް ގެނެސްފައިވާ ތިން ރަށަކީ ބ. ގޮއިދޫ، ޅ. ކުރެންދޫ އަދި ހދ. ކުޅުދުއްފުއްޓެވެ.

މިއާއެކު ކޮވިޑް-19 އާ ގުޅިގެން މޮނިޓަރިންގައި މިވަގުތު އޮތް ރަށްތަކުގެ އަދަދު ވަނީ 19 އަށް އަރާފައެވެ.

އިޝްތިހާރު
އިޝްތިހާރު

މިވަގުތު މޮނިޓަރިންގެ ހާލަތުގައި އޮތީ ކ. މާފުށި، ހއ. އިހަވަންދޫ، ހދ. ނެއްލައިދޫ، ލ. ފޮނަދޫ، ހދ. ނޮޅިވަރަންފަރު، ށ. ފުނަދޫ، ބ. ދަރަވަންދޫ، ދ. ބަނޑިދޫ، ލ. ގަން، ގދ. ގައްދޫ، ރ. އުނގޫފާރު، ހދ. ހަނިމާދޫ، ކ. ގުރައިދޫ، ބ. އޭދަފުށި، ހއ. ދިއްދޫ، ތ. ގުރައިދޫ، ބ. ގޮއިދޫ، ޅ. ކުރެންދޫ އަދި ހދ. ކުޅުދުއްފުއްޓެވެ.

ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވެފައިވާއިރު، މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު ވަނީ 112،628 އަށް އަރާފައެވެ.

ކޮވިޑްގެ އެކްޓިވް ކޭސްތަކުގެ ގޮތުގައި މިހާރު އުޅެނީ 11،535 ކޭސް އެވެ. މި ބަލިން 100،811 މީހުން ރަނގަޅުވެފައިވާއިރު ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނީ 49 މީހަކަށެވެ. މި ބަލީގައި 269 މީހަކު ވަނީ ނިޔާވެފައެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ