16 ދުވަސް ފަހުން ނެއްލައިދޫ މޮނިޓަރިންގެ ހާލަތުން ނަގައިފިއެވެ. އެޗްޕީއޭއިން ނެއްލައިދޫއަށް އަރައި ފޭބުން މަނާކޮށްފައިވަނީ މިމަހު 8 ވަނަ ދުވަހުއެވެ.
އެޗްޕީއޭއިން އެ ރަށު ކައުންސިލަށް މިއަދު ފޮނުވާފައިވާ އެންގުމުގައި ބުނެފައިވަނީ ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން އާންމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނުގެ ދަށުން ބަލަން ކަނޑައެޅުނު ކަންކަން ބެލުމުން މޮނިޓަރިން ހާލަތު އިތުރަށް ދަމަހައްޓަން ޖެހޭ ސަބަބެއް މިވަގުތު ނެތުމުން މޮނިޓަރިން އުވާލާ ކަމަށެވެ.
އެރަށު ހެލްތް ސެންޓަރުން އެންމެ ފަހުން ހާމަކޮށްފައިވާ ތަފާސްހިސާބު ތަކުން ދައްކާ ގޮތުގައި އެރަށުން މިހާތަނަށް ނެގުނު 351 ސާމްޕަލްގެ ތެރެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވަނީ 22 ސާމްޕަލެކެވެ. ނަމަވެސް އޭގެ ތެރެއިން ބައެއް މީހުން މިހާރުވަނީ ރަނގަޅުވެފަ އެވެ.
ކޮވިޑާ ގުޅިގެން މިވަގުތު ރާއްޖޭގެ 25 ރަށެއް މޮނިޓަރިންގެ ހާލަތަށް ގެނެސްފިއި އެބައޮތެވެ.