އއ.މަތިވެރީ ކޮރަލް ފުޓްސަލް ލީގްގެ 2 ވަނަ މުބާރާތުގެ ޗެންޕިއަންކަން އއ.ބޮޑުފޮޅުދޫ ”ލޭޑީސް އެމްވީ”އިން ހޯދައިފި

ކުޅިވަރު ފަހުގެ

އއ.މަތިވެރީ މާންސް ސްޕޯރޓްސް ކުލަބާއި އަންބަރ ސްޕޯރޓްސް ކުލަބް ގުޅިގެން އެރަށުގައި ކުރިއަށް ގެންދިޔަ ”ކޮރަލް މަތިވެރީ ފުޓްސަލް ލީގްގެ 2 ވަނަ މުބާރާތުގެ ޗެންޕިއަންކަން އއ.ބޮޑުފޮޅުދޫއަށް ނިސްބަތްވާ ކުޅުންތެރިން ހިމެނޭ ޓީމެއްކަމުގައިވާ ”ލޭޑީސް އެމްވީއިން” ހޯދައިފިއެވެ.

މި ލީގްއަކީ އއ.މަތިވެރިއަށް ހުޅުވާލައިގެން ކުރިންވެސް އެރަށުގައި ކުރިއަށް ގެންދިޔަ ލީގެކެވެ. މިފަހަރު މިމުބާރާތުގައި ބައިވެރިވުމުގެ ފުރަސަތު ނިކައައިލެންޑް ރިސޯޓަށާއި، ބޮޑުފޮޅުދޫއަށް ދިނުމާއިއެކު އެ ދެރަށުންވެސް ވަނީ ޓީމެއް ބައިވެރިކޮށްފައެވެ. މިމުބާރާތުގެ ގަވާއިދުގައި ކޮންމެ ޓީމެއްގައިވެސް 35 އަހަރުން މަތީގެ 2 ކުޅުންތެރިން ހިމެނުން މަޖުބޫރު ކޮށްފައިވާއިރު ދަނޑުމަތީގައި އަބަދުވެސް އެއް ކުޅުންތެރިޔަކު ހުންނަންޖެހޭ ގޮތަށްވަނީ ހިމަނާފައެވެ. މިމުބާރާތުގެ ފުރަތަމަ ބުރު ލޭޑީސް އެމްވީ ނިންމާލީ ރިކޯޑަކާއިއެކު އެއްވެސް މެޗަކުން ބަލިނުވެ ޕްއިންޓް ޓޭބަލްގެ އެއްވަނައިގައި އޮވެގެންނެވެ.

އިޝްތިހާރު
އިޝްތިހާރު

މި ލީގް ކުޅުނު ގިނަ ޓީމްތަކުގައި ރާއްޖޭގެ މަޝްހޫރު ފުޓްސަލް ކުޅުންތެރިން ކުޅެފައިވާއިރު ލޭޑީސްއެމްވީން މުބާރާތް ނިންމާލީ 100% އެރަށުގެ ކުޅުންތެރިންނާ އެކުގައެވެ. އއ.ބޮޑުފޮޅުދޫ އަކީ އއ. އަތޮޅުގައި ކުޅިވަރުގައި އެންމެ ފާހަގަކޮށްލެވޭ ގިނަ ކުޅިވަރަކުން ކާމިޔާބު ހޯދަމުން އަންނަ ރަށެއްކަން ފާހަގަކޮށްލެވޭ ރަށެކެވެ. ހާއްސަކޮށް އެރަށުގައި ކުޅިވަރުގައި މި ފަހަކަށް އައިސް އެންމެ ފާހަގަކޮށްލެވޭ، މުޅިރާއްޖޭގެ މަޤްބޫލްކަން ހޯދަމުންއަންނަ، ގިނަބަޔަކު ދަންނަ އާރުބީޖީ ސްޕޯރޓްސް ކުލަބަކީ ފާހަގަ ކޮށްލެވޭފަދަ ކުޅިވަރު ހަރަކާތްތަކެއް ހިންގާ ކުޅިވަރު ކުޅުންތެރިން އުފެއްދުމުގައި ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކުލަބެއްކަން ފާހަގަކޮށްލެވެއެވެ.

މަތިވެރީ ލީގް ޗެންޕިއަންކަން ލޭޑީސް އެމްވީ ހޯދީ ޖެނުއަރީ 14 ވީ ހުކުރުދުވަހުގެ ރޭ މަތިވެރީ ފުޓްސަލް ދަނޑުގައި އެރަށު ސިލްވަރ ސްޕޮޓް ޓީމާއި ބައްދަލުކޮށް 0-1 ނަތީޖާ އަކުން މޮޅުވެގެންނެވެ. ލޭޑިސް އެމްވީ މޮޅަށް ކުޅުނު މިމެޗުގެ މޮޅުކުޅުންތެރިޔާގެ މަޤާމް ލިބިފައިވަނީ އެމެޗުގައިވެސް މޮޅަށްކުޅެ ޖެހި ހަމައެކަނި ގޯލް ޖަހައިދިން އެޓީމްގެ ޖޯޒީނަންބަރ 8 އަހުމަދު ރިއުސާންއެވެ. ރިއުސާން އަކީ މިހާރު ރާއްޖޭގައިވެސް ފުޓްސަލްގައި މޮޅުކުޅުންތެރިއެއްގެ ގޮތުގައި ފާހަގަކޮށްލެވޭ، ރާއްޖޭގައި މިފަހުން ބޭއްވި ބޮޑެތި ފުޓްސަލް މުބާރާތްތަކުގައި އެކި ޓީމްތަކަށް ކުޅެ ކާމިޔާބު ހޯދާފައިވާ ހުނަރުވެރި ކުޅުންތެރިއެކެވެ. މިދިޔަ އަހަރު ބޭއްވި ކުލަބްމޯލްޑިވްސް ފުޓްސަލް މުބާރާޔުގައި ކުލަބް ވެމްކޯއަށް ރިއުސާން ވަނީ ކުޅެފައެވެ.

މަތިވެރީ ކޮރަލްފުޓްސަލް ލީގްގެ ފަހު މެޗްތައް ކުޅުމަށް ހަމަޖެހިފައިވަނީ 20 ޖެނުއަރީ 2022 ވަނަ ދުވަހުގެ ރޭގައެވެ. އެ މެޗްތަކަށްފަހު އެ މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތު ބާއްވާގޮތަށްވަނީ ހަމަޖެހިފައެވެ. ލޭޑީސް އެމްވީ މައުލޫމާތު ދެމުން ބުނެފައިވަނީ މަތިވެރީ އަންބަރ ސްޕޯރޓްސް ކުލަބަށާއި މާންސް ސްޕޯރޓްސް ކުލަބަށް ޝުކުރު އަދާކުރާކަމަށާއި މިފުރަސަތު ފޮޅުދޫއަށް ދިނުމަކީ ކުޅުންތެރިންނަށް ލިބުނު ވަރަށް ބޮޑު ހިންހަމަޖެހުމެއްކަމަށެވެ. އަދި މުބާރާތާއި ދޭތެރޭ ހިންހަމަޖެހޭކަމަށާއި ރަގަޅުކޮށްލަންޖެހޭ ކަންކަން އެބަހުރިކަމަށާއި އެގޮތުން މުބާރާތުގެ ރެފްރީންގެ ފެންވަރު ރަގަޅުކުރަން ޖެހޭކަމަށާއި، މުބާރާތެއް ހިންގާނަމަ މުބާރާތުގެ ގަވާއިދަށް އަމަލު ކުރުމުގައި އެކިފަހަރު އެކި އުސޫލް ގެންގުޅުމުގެ ބަދަލުގައި ފެށުނީއްސުރެ ނިމެންދެން އެއް އުސޫލެއްގައި ހިފަހައްޓާ އަމަލު ކުރަމުން ގެންދާނަމަ މިއަށްވުރެ މުބާރާތް ފުރިހަމަ ވީސްކަމަށެވެ. އަދި އޭގެ އިތުރުން ލޭޑީސް އެމްވީ ޓީމުން އއ.ބޮޑުފޮޅުދޫގެ ފުޓްސަލް ކުޅުންތެރިންގެ ހުނަރު މި މުބާރާތުންވެސް ދައްކާދީފި ކަމަށާއި، ރަށު ކުޅުންތެރިން ކުރިއެރުވުމަށް މުބާރާތް ޓާގެޓްކޮށްގެން ގެންދިއުމަކީ ލިބޭނެ ކުރިއެރުމެއް ކަމަށް ވަނީ ދަންނަވާފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ