ކުޅުދުއްފުށީ ގޮނޑުދޮށުން ވެއްޔާއި އަކިރި ނަގާނަމަ ޖޫރިމަނާކުރަނީ!

ޚަބަރު ފަހުގެ

ކުޅުދުއްފުށީ ގޮނޑުދޮށުން ވެއްޔާއި އަކިރި ނަގާނަމަ ޖޫރިމަނާކުރާނެކަމަށް ކުޅުދުއްފުށީ ސިޓީ ކައުންސިލުން ބުނެފިއެވެ.

އެ ކަނުންސިލުން ބުނީ މިހާރަކަށް އައިސް ގިނަ ފަރާތްތަކުން އެ ރަށުގެ ގޮނޑުދޮށުން ވެއްޔާއި އަކިރި ނަގާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

މިގޮތުން އެ ރަށުގެ ގޮނޑުދޮށުން ވެއްޔާއި އަކިރި ނަގާ ފަރާތްތައް ފުރަތަމަ ފަހަރު ނަސޭހަތް ދިނުމަށްފަހު، އެ ކުށް ތަކުރާރުކުރާ އަދަދަށް ބަލައި -/500 ރުފިޔާ އާއި -/5000 ރުފިޔާ ދެމެދު އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމުގައި ވެސް އެ ކައުންސިލުން ވަނީ ވިދާޅުވެފައެވެ.

ހުއްދަ ނެތި އެ ރަށުގެ ގޮނޑުދޮށުން ވެއްޔާއި އަކިރި ނެގުމަކީ އެ އިދާރާގެ ތިމާވެށި ހިމާޔަތް ކުރުމާބެހޭ ޤަވައިދު (ޤަވާއިދުގެ ނަންބަރު: (2014/ޜ-175 09 މާއްދާގެ (ހ) ގެ ދަށުން މަނާ ކުރެވިފައިވާ ކަމެއް ކަމަށާއި، އަދި މީގެ އިތުރުން ޤަވައިދާ ހިލާފަށް އެ ރަށުގެ ގޮނޑުދޮށުން ވެއްޔާއި އަކިރި ނަގާ ފަރާތްތަކާއިމެދު ތިމާވެށި ހިމާޔަތް ކުރުމާބެހޭ ގަވައިދު ގެ 15 މާއްދާގެ (ހ) އެއްގޮތަށް ފިޔަވަޅު އަޅާނެ ކަމުގައި އެ ކައުންސިލުން މައުޅޫމާތުދެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ