އިންޑިއާ އައުޓް ކެމްޕެއިންގެ މައްސަލަ ބެލުމަށް ނަޝީދު 241 ކޮމެޓީއަށް ހުށަހަޅައިފި

ޚަބަރު ފަހުގެ

އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން އިން ކުރިޔަށް ގެންދާ “އިންޑިއާ އައުޓް” ކެމްޕެއިން އިން ގައުމީ ސަލާމަތަށް ނުރައްކާވާ ކަމަށް ބުނެ އެ މައްސަލަ ބެލުމަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ގައުމީ ގައުމީ ސަލާމަތާ ބެހޭ ކޮމެޓީ (241 ކޮމެޓީ) އަށް ހުށަހަޅުއްވައިފިއެވެ.

ނަޝީދު ވަނީ އެކަން ފާހަގަ ކުރައްވާ އެ ކޮމިޓީއަށް ސިޓީއެއް ފޮނުއްވާފަ އެވެ.

އިޝްތިހާރު
އިޝްތިހާރު

ނަޝީދުގެ ސިޓީގައި ވިދާޅުވީ، ޕީޕީއެމްގެ ރައީސް ޔާމީން އިސްވެ އިންޑިއާއާ ދެކޮޅަށް ހިންގަވާ ހަރަކާތްތަކަކީ ތަހުޒީބު އެއްވެސް މުޖުތަމައެއްގައި ބަލައިގަންނާނެ އަމަލެއް ނޫން ކަމަށެވެ. އެއީ ރާއްޖޭގެ މަސްލަހަތާ ހިލާފު އަދި އެކަމުގެ ސަބަބުން ރާއްޖޭގެ ސަރުކާރާއި އިންޑިއާ ސަރުކާރާ ދެމެދު ޒަމާނުއްސުރެ އޮތް ގާތް ގުޅުމަށް ހީނަރުކަން އަތުވެދާނެ ކަމުގެ ފުރުސަތު އޮތް ކަމެއް ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.

“އިންޑިއާ އަކީ އެތަކެއް ހާސް ދިވެހިންނެއް އެ ގައުމުގައި ދިރިއުޅެމުން އަންނަ ގައުމަކަށްވާ އިރު އިންޑިއާ އައުޓްގެ ނަމުގައި ކުރިއަށް ގެންދާ އިސްވެ ދެންނެވި ހަރަކާތުގެ ސަބަބުން އެ ގައުމުގައި ދިރިއުޅޭ ދިވެހިންނަށް ވަަރަށް ގިނަ ދަތިތަކަކާ ކުރިމަތިލާން ޖެހޭނެ އެވެ،” ނަޝީދު ވިދާޅުވި އެވެ.

އެ މަނިކުފާނު އެދިވަޑައިގެންފައި އޮތީ ކޮމިޓީގެ ބައްދަލުވުމެއް ބާއްވައި މައްސަލަ ބައްލަވައި ދެއްވުމަށެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ