އިތުރު 2،142 މީހުން ކޮވިޑަށް ޕޮޒިޓިވް

ޚަބަރު

ރާއްޖެއިން އިތުރު 2،142 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.

އެޗްޕީއޭ އިން ބުނީ މިއަދު ޕޮޒިޓިވްވި މީހުންގެ ތެރެއިން 771 މީހުން ނިސްބަތްވަނީ މާލެ ސަރަހައްދަށް ކަމަށެވެ. އަދި އަތޮޅުތެރެއިން 1053 ކޭސް އަދި ރިސޯޓުތަކުން 48 ކޭސް ސާމްޕަލް ނެގި ވަކިތަނެއް ނޭނގި 270 ކޭސް އަދި ފެނިފައިވާ ކަމަށްވެސް އެޗްޕީއޭ އިން ބުނެއެވެ.

އިޝްތިހާރު
އިޝްތިހާރު

މިއަދު ޕޮޒިޓިވްވި މީހުންނާއެކު ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 143،202 އަށް އަރާފަ އެވެ.

ކޮވިޑްގެ އެކްޓިވް ކޭސްތަކުގެ ގޮތުގައި މިހާރު އުޅެނީ 17،721 ކޭސް އެވެ. މި ބަލިން 125،190 މީހުން ރަނގަޅުވެފައިވާއިރު ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނީ 62 މީހަކަށެވެ. މި ބަލީގައި 278 މީހަކު ވަނީ ނިޔާވެފައެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ