ދެރައީސުން މާދަމާ ކޮމަންޑޫ ދާއިރާއަށް

ޚަބަރު ފަހުގެ

ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައިއިލެކްޝަންގައި ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާޝިދުގެ ކެމްޕޭނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މާދަމާ ކޮމަންޑޫ ދާއިރާ އަށް ވަޑައިގަތުމަށް ނިންމަވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާ މާދަމާ ހެނދުނު މަޖިލީހުގައި ރިޔާސީ ބަޔާން އިއްވެވުމަށްފަހު މެންދުރު 12:30 ހާއިރު ދެބޭފުޅުން ކޮމަންޑޫ ދާއިރާއަށް ފުރައިވަޑައިގަންނަވާނެ ކަމަށް މައުލޫމާތު ލިބެއެވެ.

އިޝްތިހާރު
އިޝްތިހާރު

ރައީސް ސޯލިހާއި ރައީސް ނަޝީދު ކޮމަންޑޫ ދާއިރާ އަށް ކުރައްވާ ދަތުރުފުގައި ކޮމަންޑޫ، ފޯކައިދޫ އަދި މަރޮށްޓަށް ވެސް ވަޑައިގަންނަވާނެއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ