ރާޝިދުގެ ކެމްޕެއިނަށް ދެ ރައީސުން ކޮމަންޑޫއަށް ވަޑައިގެންފި

ޚަބަރު ފަހުގެ ސިޔާސީ

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާޝިދަށް ތާއީދު ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކޮމަންޑޫއަށް ވަޑައިގެންފިއެވެ.

ދެ ރައީސުން ކޮމަންޑޫ އަށް ވަޑައިގަންނަވާފައި މިވަނީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް މިއަހަރަށް ހުޅުވުމަށް އޮތް ޖަލްސާއަށް ފަހުއެވެ. ކެމްޕެއިނަށް ކޮމަންޑޫއަށް ވަޑައިގަތުމަށްފަހު އެ ދާއިރާގައި ހިމެނޭ މަރޮއްޓާއި ފޯކައިދޫއަށް ވެސް ދެ ބޭފުޅުން އެކުގައިވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައިވެއެވެ. މިއިން ކޮންމެ ރަށެއްގައިވެސް ދެ ބޭފުޅުން ވާހަކަދައްކަވާނެއެވެ.

އިޝްތިހާރު
އިޝްތިހާރު

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން އޮންނާނީ ފެބްރުއަރީ 5 ވާ ހޮނިހިރު ދުވަހުއެވެ.

ކޮމަންޑޫ ދާއިރާގެ ގޮނޑި ހުސްވީއެ މަގާމު ފުރުއްވަމުން ގެންދެވި އެމްޑީޕީގެ މެމްބަރު ހުސެއިން ވަހީދު އަވަހާރަވުމުންނެވެ. މި ގޮނޑިއަށް ދެން ވާދަކުރަނީ އިދިކޮޅު ޕީޕީއެމްގެ ކެންޑިޑޭޓް މޫސާ ފަތުހީއާއި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އިން އަބްދުލް ހަންނާން އިދުރީސްއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ