ކޮމަންޑޫ ބޭރުގައި އޮންނަ “ދޮށިމަސްކަނދު” އަލުން އަޅައިފި

ޚަބަރު ފަހުގެ

ށ. ކޮމަންޑޫ ބޭރުގައި އޮންނަ “ދޮށިމަސްކަނދު” އަލުން އަޅައިފި އެވެ. މި ކަނދުފަތި އޮންނަނީ ކޮމަންޑޫގެ ހުޅަނގު އުތުރުން 14 މޭލު ދުރުމިނުގައިވާ ސަރަހައްދެއްގައެވެ.

ކޮމަންޑޫ ކަނދުފަތި ކަނޑައިގެން ގޮސްފައި އޮންނަތާ މިހާރު ވަރަށް ގިނަ ދުވަސްތަކެއް ވެފައި ވާއިރު އެރަށް ކައިރީގައި ކަނދުފަތި އަޅާފައި މިވަނީ ކަނދުފަތި އެޅުން ލަސްވެގެން މަސްވެރިންގެ ޝަކުވާތައް އިތުރުވެފައި ވަނިކޮށެވެ.

އިޝްތިހާރު
އިޝްތިހާރު

ފިޝަރީޒް މިނިސްޓްރީގެ ކަނދުފަތިޓީމުން “ދޮށިމަސްކަނދު” އަލުން އަޅާ ނިންމާލާފައި ވަނީ މިއަދު ހެނދުނުއެވެ.

މަސްވެރިކަމާބެހޭ ވުޒާރާ، މިނިސްޓްރީ އޮފް ފިޝަރީޒް މެރިންރިސޯސަސް އެންޑް އެގްރިކަލްޗަރގެ ވަޒީރު، ޑރ. ހުސައިން ރަޝީދު ހަސަން މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ އެ ކަނދުފަތި އަލުން އަޅާފައިވާ ކަަމަށް ވިދާޅުވެފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ