ފަހަތުން އަރައި ރާއްޖޭގެ ވޮލީ ޓީމުން ބަންގްލަދޭޝް އަތުން މޮޅެއް ހޯދައިފި

ކުޅިވަރު ފަހުގެ

ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗެއްގައި ރޭ ފަހަތުން އަރައި 3-1 ސެޓުން ބަންގްލަދޭޝް ގައުމީ ވޮލީ ޓީމު އަތުން ރާއްޖޭގެ ގައުމީ ވޮލީ ޓީމު މޮޅުވެއްޖެ އެވެ.

ޒުވާނުންގެ މަރުކަޒު އެތެރެ ކޯޓުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ސެޓު ބަންގްލަދޭޝް އިން ގެންދިޔައީ 25-22 އިންނެވެ. ދެން ކުޅުނު ތިން ސެޓު ރާއްޖޭން ގެންދިޔައީ މޮޅަށް ކުޅެ، 19-25، 20-25 އަދި 22-25 އިންނެވެ.

އިޝްތިހާރު
އިޝްތިހާރު

ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފްގެ އިސްނެންގެވުމާ އެކު ލިބުނު ފުރުސަތެއްގައި ބަންގްލަދޭޝް ޓީމާ ދެކޮޅަށް ރާއްޖޭން ޖުމްލަ ތިން މެޗެއް މާލޭގައި ކުޅޭނެ އެވެ. ފުރަތަމަ މެޗުން މިރޭ މޮޅުވިއިރު، ދެ ވަނަ މެޗު ކުޅޭނީ ބުދަ ދުވަހުގެރޭގަ އެވެ. އަދި ފަހު މެޗު އޮތީ ހުކުރު ދުވަހުގެރޭގަ އެވެ.

ބަންގްލަދޭޝް ވޮލީ ފުލް ޓީމު މި މެޗުތަކަށް އައި ނަަމަވެސް ހެޑް ކޯޗު އީރާންގެ ސައީދު ލަތީފް މި ފަހަރު ޓީމާ އެކު ނާދެ އެވެ. އޭނާ ހުރީ ޗުއްޓީއެއްގަ އެެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ