ކަރަންޓު އިޤްތިޞާދު ކުރުމުން ފައިސާގެ އިނާމު ލިބޭ ޕްރޮމޯޝަނެއް ސްޓެލްކޯއިން

ޚަބަރު ފަހުގެ

ހޫނު މޫސުމުގެ މަސްތަކުގައި ކަރަންޓު އިޤްތިޞާދު ކުރާ ފަރާތްތަކަށް ފައިސާގެ އިނާމު ލިބޭ ޕްރޮމޯޝަނެއް ކުރިއަށްގެންދިއުމަށް ސްޓެލްކޯއިން އިޢުލާންކޮށްފިއެވެ. ހޫނު މޫސުމުގެ ދުވަސްތަކުގައި ކަރަންޓަށް ކުރާ ހޭދަ ކުޑަކުރުމަށް އާއްމުން ހޭލުންތެރިކުރުމަށް އެ ކުންފުނިންވަނީ ކެމްޕެއިން ހަރަކާތްތަކެއް ރާވާފައެވެ. މިއީ “ސޭވް އެނަރޖީ” ކެމްޕެއިން ކުރިއަށްގެންދާ 4ވަނަ އަހަރެވެ.

ސްޓެލްކޯގެ ސޭވް އެނަރޖީ ކެމްޕެއިންގެ މަޢުލޫމާތު ޙިއްސާކުރައްވަމުން ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހަސަން މުޣުނީ ވިދާޅުވީ، މިކެމްޕެއިނާއެކު ވޭތުވެ ދިޔަ 2އަހަރު ކަރަންޓާ ގުޅޭގޮތުން ހުށައަޅާ ޝަކުވާތައް މަދުވެފައިވާކަން ފާހަގަކުރެވުނުކަމަށެވެ. މުޣްނީ ވިދާޅުވީ ކަރަންޓު ވަސީލަތްތައް ބޭނުންކުރުމުގައި ސަމާލްވުމާއި އަދި އިޤްތިޞާދުކުރުމުގެ ސަބަބުން ބައެއް ގޭގޭގެ ބިލް %15އަށްވެސް ކުޑަވާކަމަށެވެ. މިފަހަރުގެ ކެމްޕެއިންގައި އެންމެ ބޮޑަށް ކަރަންޓު އިޤްތިޞާދުކުރާ ފަރާތްތަކުގެ މެދުގައި ޕްރޮމޯޝަނެއް ކުރިއަށްގެންގޮސް، ފައިސާގެ އިނާމު ދިނުމަށް ހަމަޖެހިފައިވާ ކަމަށް މުޣްނީ ވިދާޅުވިއެވެ.

އިޝްތިހާރު
އިޝްތިހާރު

“ބޭނުންނުކުރާ ވަގުތުގައި ކަރަންޓު ސާމާނު ޖައްސާފައި ބެހެއްޓުމުގެ ސަބަބުން ހަގީގަތުގައި މިދަނީ ބޭކާރު ފައިސާ ޚަރަދުވެގެން. އަޅުގަނޑުމެން ބިލް ކުރާކަށް ބޭނުމެއް ނުވޭ އެމީހަކު ބޭނުން ނުކުރާ ކަރަންޓަކަށް. ހަގީގަތުގައި ކަރަންޓު ބޭނުންކުރުމުގައި ސަމާލްކަންދޭނަމަ %15-%20އަށްވެސް ބިލް ކުޑަކުރެވިފަ އެބަހުރި.” މުޣުނީ ވިދާޅުވިއެވެ.

ސްޓެލްކޯއިން ދެން ރާވާފައިވާ ކަންކަމުގެ ތެރޭގައި ޓީވީއާއި ރޭޑިއޯ އަދި ސޯޝަލް މީޑިއާ މެދުވެރިކޮށް މަޢުލޫމާތު ދީ، އާއްމުން ޙޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ކުރިއަށް ގެންދާނެއެވެ. އަދި ސްކޫލްތަކުގެ އިތުރުން، އޮފީސްތަކަށްވެސް ޕްރޮގްރާމްތައް ކުރިއަށްގެންދާނެއެވެ.

ސްޓެލްކޯއަކީ ގްރޭޓަރ މާލެ ސަރަޙައްދަށް ކަރަންޓު ފޯރުކޮށްދެމުންދާ ކުންފުންޏެވެ. މިއީ ގާތްގަނޑަކަށް ރާއްޖޭގެ އާބާދީގެ ދެބައިކޮށްފައި އެއްބައި ދިރިއުޅެމުން އަންނަ ސަރަޙައްދެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ