މިއަހަރުގެ “ސްޓެލްކޯ ރަށްފެހި” ޕްރޮގްރާމް ފަށައިފި

ޚަބަރު ފަހުގެ

ސްޓެލްކޯއިން 2018 ވަނަ އަހަރުން ފެށިގެން ކުރިއަށްގެންދާ ގަސް އިންދުމުގެ ސިލްސިލާ ޕްރޮގްރާމް “ސްޓެލްކޯ ރަށްފެހި” 2022 މިއަދު ފަށައިފިއެވެ.

ސްޓެލްކޯއިން ބުނީ މިއަހަރުގެ ޕްރޮގްރާމްގައި 6000 ގަސް އިންދުމުގެ މަސައްކަތް ކުރާނެކަމަށެވެ. އަދި ގަސް އިންދުމުގެ ޕްރޮގްރާމް ސްޓެލްކޯއިން ހިދުމަތްދޭ 35 ރަށުގައި ކުރިއަށްދާނޭކަމަށްވެސް ސްޓެލްކޯއިން ބުނެއެވެ.

އިޝްތިހާރު
އިޝްތިހާރު

މިއީ “ސްޓެލްކޯ ރަށްފެހި” ޕްރޮގްރާމް ކުރިއަށްގެންދާ 4 ވަނަ ފަހަރުކަން ސްޓެލްކޯއިން ފާހަގަކުރެއެވެ.

“ސްޓެލްކޯ ރަށްފެހި” ޕްރޮގްރާމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު 2018 ވަނަ އަހަރު ފެއްޓެވި ޕްރޮގްރާމެކެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ