ބްލެކްމެއިލްކޮށް ބިރުދައްކާ މައްސަލައަކާ ގުޅިގެން ހދ. ނޮޅިވަރަން/ ހަމްނާ، އަހުމަދު ޝަހްބާން ހޯދަނީ

ޚަބަރު ފަހުގެ

ބްލެކްމެއިލްކޮށް ބިރުދައްކާ މައްސަލައަކާ ގުޅިގެން ހދ. ނޮޅިވަރަން/ ހަމްނާ، އަހުމަދު ޝަހްބާން، 27އ ހޯދަން ފުލުހުން ފޮޓޯ އާންމުކޮށްފި އެވެ.

ފުލުހުން ބުނީ، އޭނާ ހޯދަމުންދަނީ ބ. އޭދަފުށި ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައިނުވާތީ އާއި އާއިލާއަށްވެސް އޭނާ އުޅޭ ވަކިތަނެއް އެނގިފައިނުވާތީ، ޖިނާއީ މައްސަލަތައް ތަހުގީގު ކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ މަތިން ތަހުގީގަށް ހާޒިރުވުމަށް ހޯދާ މީހެއް ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

އެހެންކަމުން ފުލުހުން ވަނީ، އޭނާ މިމަހުގެ 21 ވަނަ ދުވަހުގެ މެންދުރު 12:00 އަށް ފުލުހުންގެ މައި އިދާރާ، ޝަހީދު ހުސައިން އާދަމް ބިލްޑިންއަށް ހާޒިރުވުމަށް އަންގައިފަ އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ