މަޑިވަރު އެއާޕޯޓުގެ މެނޭޖަރަކަށް އެއާޕޯޓު ހެދުމާއި ދެކޮޅަށް ކެމްޕެއިނު ކުރި ކާރިމް

ޚަބަރު ފަހުގެ

ނ މަޑިވަރު އެއާޕޯޓުގެ އެގްޒެކެޓިވް މެނޭޖަރަކަށް އެ އެއާޕޯޓު ހެދުމާއި ދެކޮޅަށް ބޮޑު ކެމްޕެއިނެއް ކުރި މުހައްމަދު ކާރިމް ހަމަޖައްސައިފިއެވެ. އޭނާ އެ މަޤާމަށް ހަމަޖެއްސީ އެ އެއާޕޯޓު ހިންގަން ހަވާލުވެފައިވާ އައިލޭންޑް އޭވިއޭޝަނުންނެވެ.

މަޑިވަރު އެއާޕޯޓުގެ މަސައްކަތާއި ދެކޮޅަށް ކާރިމް އިސްވެ ހުރެ ކެމްޕެއިން ކުރީ 2018 ވަނަ އަހަރުގައެވެ. އޭރު ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި ރައީސް ސޯލިހް އާއި މިހާރުގެ ނައިބު ރައީސް ފައިސަލް ނަސީމްވެސް ވަނީ ނައިފަރަށް ވަޑައިގެން ކާރިމް އާއި އެކު މި ކެމްޕެއިންގައި ބައިވެރިވެވަޑައިގެންފައެވެ.

އިޝްތިހާރު
އިޝްތިހާރު

މަޑިވަރު އެއާޕޯޓުގައި 1200 މީޓަރުގެ ދިގު ރަންވޭއެއް އޮންނަ އިރު، ޒަމާނީ ފެންވަރުގެ ޓާމިނަލް އަކާއި މަތިންދާބޯޓު ޕާކު ކުރާނެ ޖާގަ ހުރެއެވެ.

އަންނަ ހުކުރު ދުވަހު އެއާޕޯޓު ރަސްމީކޮށް ހުޅުވައިދެއްވާނީ ރައީސް ސޯލިހެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ