ދުވާފަރު ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ %50 މަސައްކަތް ނިމިއްޖެ

ޚަބަރު ފަހުގެ

ދުވާފަރު ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ %50 މަސައްކަތް ނިމިއްޖެއެވެ.

އެމްޓީސީސީއިން ބުނީ މި މަޝްރޫއުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް އެބަދާ ކަމަށާއި، މަޝްރޫއުގެ މަސައްކަތްތަކަށް ބޭނުންވާ ބޮޑުހިލައިގެ 3 ވަނަ ޝިޕްމަންޓް ޕްރޮޖެކްޓް ސައިޓަށް މިހާރު ގެންގޮސްފައިވާ ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

މި މަޝްރޫއުގެ ދަށުން 423 މީޓަރުގެ ސަރަޙައްދެއްގައި ބޮޑުހިލައިގެ ރިވެޓްމަންޓް ޖަހައި، 315 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށިލުމަށް ވަނީ ހަމަޖެހިފައެވެ. ފެބްރުއަރީ 25، 2021 ގައި ފެށި މި މަޝްރޫއަކީ 143.1 މިލިއަން ރުފިޔާއަށް އެމްޓީސީސީއާއި ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.

ދުވާފަރުގެ ބިންހިއްކުމާއި ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރޫއުގައި ހިމެނޭ ބިންހިއްކުމުގެ މަސައްކަތްތައް މިދިޔަ އަހަރުގެ އޮގަސްޓްމަހުގެ ފަހުކޮޅު އެމްޓީސީސީއިން ނިންމާލާފައިވާކަން ހާމަކޮށްފައިވެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ