ހޯރަފުށީ މަގު ހެދުމުގެ މަޝްރޫއުގެ ކާސްޓިން މަސައްކަތުގެ %74 ނިމިއްޖެ

ޚަބަރު ފަހުގެ

ހއ. ހޯރަފުށީ މަގު ހެދުމުގެ މަޝްރޫއުގެ ކާސްޓިން މަސައްކަތުގެ 74 ޕަސެންޓް މަސައްކަތް ނިމިފައިވާ ކަމަށް އެމްޓީސީސީން ބުނެފިއެވެ.

އެމްޓީސީސީން ބުނީ، ހޯރަފުށީ މަގުހެދުމުގެ މަޝްރޫއުގެ ދަށުން، ކާސްޓިން މަސައްކަތްތަކުގެ މިހާރު ކުރިއަށް ދަނީ އިލެކްޓްރިކަލް ޖަންކްޝަން ފޮށި ހަރުކުރުމުގެ މަސައްކަތާއި ހޮޅި ވަޅުލުމުގެ މަސައްކަތް ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

މަޝްރޫއުގެ ދަށުން، 5.3 ކިލޯ މީޓަރުގެ 11 މަގެއް ހެދުމާއި، 25،909 އަަކަ މީޓަރުގެ ސަރަޙައްދެއްގައި ދުއްވާ ސަރަހައްދު ގާއިމު ކުރުން ހިމެނެއެވެ. ހަމައެއާއެކު 11،114 އަަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމާއި، ފެން ހިންދާ ނިޒާމެއް ގާއިމު ކުރުމާއި، މަގުބައްތި ހަރުކުރުމާއި މަގުމަތީ ނިޝާން ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.

ސަރުކާރުން އެމްޓީސީސީއާ މި މަޝްރޫއު ހަވާލުކުރީ 71.90 މިލިއަން ރުފިޔާއަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ